A wide advertisement which will be shown on all devices. (700 x 100)

އަންނަ ހޮނިހިރު ދުވަހު ހެނދުނު ކަރަންޓް ކެނޑެނީ

ހޮނިހިރު ދުވަހު ކަރަންޓް ކަނޑާލެވޭ މާދަޑު އަދި ހޯދަޑުގެ ސަރަހައްދު

އަންނަ ހޮނިހިރު ދުވަހު (24 އޮކްޓޯަބަރު 2020) ހެނދުނު 3 ގަޑިއަރަށް މާދަޑުގެ އަވަށުގެ ބައެއް ސަރަހައްދުތަކާއި ހޯދަޑު އަވަށުގެ ބައެއް ގެތަކުން ކަރަންޓްގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.

އެގޮތުން ކަރަންޓްގެ ޚިދުމަތް މެދުކެނޑުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން  12:00 އަށެވެ. ކަނރަންޓް ކަނޑަލަނީ މާދަޑު، ވަލިމަގު ފާރުގައި ބަހައްޓާފައިވާ ކަރަންޓް ޑިސްޓްރިބިއުޝަން ފޮށި ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ކަމަށް ފެނަކައި ހާމަކުރެއެވެ.  3 ގަޑިއިރު ކަރަންޓްގެ ޚިދުމަތް މެދުކަނަޑާލެވެނީ:

1. މާދަޑު އަވަށު އަލިހަވާ އިން ފެށިގެން ދިއްކަރި، ސާވަން، ވާދޫގެ، ސައިބޯނިގެ، މާއަލި، ހަލަވެލިގެ، އީން، ރަށްދެބައިގެ، ދަފަގެދަރު، އަސުރުމާގެ، ފެންފިޔާޒުގެ، ވިކްޓްރީ، ބިންމާގެ، މޫނިމާގެ، އެނިސް ހަޒާރުމާގެ، ސައިޒުހައުސް، ސިޓީ ކައުންސިލް އިދާރާ އަދި އެއްގަމިގެ ހިމެނޭ ސަރަހައްދާއި

2. ހޯދަޑު އަވަށުން އަވަށުން ކަރަންޓްގެ ޚިދުމަތް މެދުކަނޑާލެވެނީ ބިންމާގެ އާއި މުގުރިގޭ ހިމެނޭ ސަރަހައްދުން ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.

އެއްވެސް ސަބަބަކާއި ހުރެ ކަރަންޓް ކެނޑޭނަމަ ނުވަތަ ކަރަންޓް ކެނޑޭގޮތް ވެއްޖެނަމަ، ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކުވެސް ކަރަންޓް އައުމުގެ ކުރިން ބޭނުންކުރާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް އާލާތްތަކުން ކަރަންޓް ސްވިޗުން ކަނޑާފައި ބެހެއްޓުމަކީ ރައްކާތެރިކަމެއް ކަމަށް އިންޖީނުގެއިން އިރުޝާދު ދެއެވެ. އަދި ކަރަންޓް ކެނޑުމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް  ފެނަކަ-ފުވައްމުލައް ގެ 9784194 ނުވަތަ 6865009 އަށް ގުޅުއްވުމަށް އެފަނކައިން އިން އެދިފައިވެއެވެ.

ފުވައްމުލަކުގެ ކަރަންޓްގައި މިހާރު ދިމާވާ އެއްމައްސަލައަކީ އެކަށީގެންވާ މިންވަރުގެ ވޯލްޓޭޖެއް ބައެއް ހިސާބުތަކަށް ފޯރުކޮށް ނުދެވުންކަމަށް ވެއެވެ. މިހެން ދިމާވަނީ ކުރީއްސުރެ ބަހައްޓާފައި ހުރި ޓްރާންސްފޯމަރުތައް ހުރިލެއް ދުރުކަމާއި އެއިން 220 ވޯލްޖް ގޭގެއާއި ހަމަޔަށް ފޯރުކޮށް ނުދެވޭތީ ކަމަށް ވެއެވެ. އެކަށީގެންވާ ވޯލްޓެޖް ބައެއް ހިސާބުތަކަށް ނުލިބޭ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ވަސީލަތްތައް ފުވައްމުލަކަށް ލިބިފައިވާ ކަމަށާއި މަސައްކަތް ނުފެށި ލަސްވަނީ އެމަސައްކަތަށް ބޭނުންވާ ޕެނަލުބޯޑުގެ ބައެއް ނުލިބޭތީ ކަމަށް ފެނަކަ ފުވައްމުލަކުގެ މެނޭޖަރ، ހުސައިން ޝާފީ އިބްރާހިމް މީޑިއައަށް ވިދާޅުވެފައި ވެއެވެ.

ފުވައްމުލަކުގެ ކަރަންޓްގެ ޚިދުމަތް އަޕްގްރޭޑް ކުރުމުގެ ގޮތުން ކަރަންޓް ނެޓްވޯކްގެ ކޭބަލްތައް 11 ކިލޯ ވޯލްޓަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް ޝާފީ ވިދާޅުވެއެވެ.

ފުވައްމުލަކުގައި އައު އިންޖީނުގެއެއް އެޅުމަށް ދޫނޑިގަމުން ބިން ކަނޑައޅާފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ތުއްތުބެ

    ސިޓީއެއްގެ ނަންލިބުނީމަ ބެބުހެދިގެން ތިބެންވީނޫން
    ނަރުދަމާވެސް އަޅާފަނޫން މިއޮތީ ކަރަންޓުވެސްލާފަނޫންމިއޮތީ
    މިސިޓީއަކީ މީނާޒުސިޓީ ކުރަކީވެސް ދިގަކީވެސް މީނާޒު
    ކައުންސިލަރުން ބޭނުމެއްނޫން މީނާޒު ހުރީމާނިމުނީ
    މަގުތަކުން ދުއްވާއެއްގަދަތުރު ކުރެވެނީއެއްނޫން މަރާމާތު
    ނުކުރުމުގެސަބަބުން ވާގޮތް ރައްޔިތުނަށް ކުރަނީޖެއްސުން
    އެކަމަކުވެސް އެގޭނީމީނާޒަށް އެއްމެފަރުކަށް ރައްޔިތުންފިތިފަ
    ތިބެންޖެހުމަކީ މިނިވަންކަމެއްނެއް އަޅުވެތިކަމެނޯތޯ؟