މިއަދު ހެނދުނުން ފެށިގެން މެންދުރުފަހަށް ފުވައްމުލައް ސިޓީއަށް ހިމެނޭ، ދެކުނުގެ 4 އަތޮޅުގެ ސަރަހަށްދަށް މޫސުމީ ރީނދޫ ސަމާލު ނެރެފިއެވެ. އެއާއެކު މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ރައްޔިތުން ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އިރުޝާދު ނެރެފިއެވެ.
މިއަދު، 9 ނޮވެމްބަރު 2020 ގެ ހެނދުނު 10:00 އިން މެންދުރުފަހު 10:00 އަށް ދެކުނުގެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މޫސުމް ލަފާކޮށްފައި ވެއެވެ.
މޫސުމީ ޔެލޯ އެލާރޓް ނެރެފައި ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމަޔަށެވެ. ދެކުނުގެ 4 އަތޮޅު ހިމެނޭ ސަރަހަށްދަށް 6 މޭލާއި 16 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 45-35 މޭލަށް ވައި ގަދަވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ލަފާކޮށްފައި ވެއެވެ.
ކަނޑުތައް ގަދަވެ އާދައިގެވަރަކަށް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ.
ދެކުނުގެ ސަރަހައްދަ ޔެލޯ އެލާޓް ނެރުނުތާ ގަޑިއެއް ހާއިރު ފަހުން ވަނީ އުތުރުގެ އަތޮޅުތަކަށްވެސް މޫސުމީ ޔެލޯ އެލާޓް ނެރެފައެވެ. މިއަދު ހެނދުނު 6:00 އިން 10:00 އަށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމީ ހުދު ސަމާލު ވެސް ނެރެފައިވެއެވެ.

މިއަދު ހެނދުނުގެ މުސުމް 9 ނޮވެމްބަރު 2020
މޫސުން ގޯސްވުމުގެ ވައިގަދަވުމުގެ ސަބަބުން ލިބޭ ގއްލުންތައް ފުވައްމުލައް ސިޓީ ކައުންސިލްގެ އިމަޖެންސީ ނަމްބަރު 7315001 އަށް ގުޅުއްވައި ރިޕޯރޓް ކުރެއްވުމަށް އެދިފައި ވެއެވެ.
ޚިޔާލުތައް