ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އައްޑޫ ސިޓީއަށާއި، ފުވައްމުލަކު ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހަވީރު ފުވައްމުލައް ސިޓީއަށް ވަޑައިގެންފިއެވެ.
ނައިބް ރައިސްގެ މި ދަތުރުފުޅުގައި، ފުވައްމުލައް އެތެރޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމަށް ހިންގާ މަޝްރޫޢާ ގުޅޭގޮތުން އެ މަޝްރޫޢު ހިންގާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމާ އެކު މަޝްވަރާ ވަނީ ކުރައްވާފައިއެވެ.
އަދި، މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަކަށް ޒިޔާރަތްކުރައްވައި، އެ މަނިކުފާނު ވަނީ، އެކަމުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވާ ބައެއް ބޭފުޅުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީއިން އަމާޒު ހިފާފައިވަނީ، ފުވައްމުލައް އެތެރޭގެ މަގުތަށް އަންނަ އަހަރު ނިމުމުގެ ކުރިން އެއްކޮށް ނިންމާލުމަށެވެ.
https://twitter.com/presidencymv/status/1337733083794010112?s=20
މީގެ އިތުރުން މި ދަތުރުފުޅުގައި ވެމްކޯ އިން ހިންގާ ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް ވަޑައިގަންނަވާ، އެ ތަނުގެ މަސައްކަތްތަކަށް ކުރިމަތިވެފައިވާ ދަތިތަކުގެ މަޢުލޫމާތު ނައިބް ރައިސް ސާފުކުރެއްވިއެވެ. އަދި މި ޒިޔާރާތުގައި، ވެމްކޯއާއި ފުވައްމުލަށް ސިޓީ ކައުންސިލުން ގުޅިގެން ތައްޔާރުކޮށްފައިވާ ކުނި މެނޭޖްކުރުމުގެ ޕްލޭނާއި ގުޅޭ މަޢުލޫމާތު ވެމްކޯގެ އޮފިޝަލުން ވަނީ ނައިބް ރައިސަށް ޙިއްޞާ ކުރައްވާފައެވެ..
ނައިބް ރައިސް ފައިސަލް ފުވައްމުލަކު ހޮސްޕިޓަލަށް މިރޭ ޒިޔާރަތްކުރައްވާ، އެތަނުގެ މެނޭޖްމަންޓާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބިފައިވއެވެ.
އެއްދުވަހުގެ މި ދަތުރުފުޅުގައި ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީއާއި، މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމް ބައިވެރިވެ ވަޑައިގެންނަވާކަމަށް ރައިސް އޮފީހުން ހާމަކުރައްވައެވެ.
ޚިޔާލުތައް