ވަގުތު ފުޓްސަލް ޗެލެންޖް 2020 ގެ 3 ވަނަ މަގާމަށް މާލެގަމު ސްޕޯރޓްސް ކްލަބު ވާދަކުރަން ޖެހިއްޖެއެވެ. ރޭ ކުޅުވުނު މިމުބާރާތުގެ ސެމީފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން އައްޑޫ އުސްގަޑަ ޓީމު އަތުން މާލެގަމު ޓީމު ބަލިވީ 2-0 އިން ނެވެ.
އެއާއެކު މުބާރާތުގެ 3 ވަނަ ހޮވާ މެޗުގައި މާދަމާރޭ މާލެގަން ޓީމުން ވާދަކުރާނީ ސެމީފައިނަލް ދެވަނަ މެޗުން ބަލިވި އެފްސީ ސްޕްރިންޓްއާއި މާދަމާ ރޭ 8:00 ގައެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އެރޭ 9:00ގައެވެ.

މާލެގަމު ސްޕޯރޓްސް ކްލަބު
ފުވައްމުލައް ސިޓީއިން މި ފަހަރުގެ މުބާރާތުގައި ބައިވެރިވި 3 ޓީމުގެ ތެރެއިން އެންމެ ރަނގަޅު ކާމިޔާބިއެއް ހާސިލުކުރީ މާލެގަމު ސްޕޯޓްސް ކްލަބުންނެވެ. އެޓީމު ވަނީ ގްރޫޕް ސްޓޭޖްގައި 1 ވަނަ ހޯދައި ދެވަނަ ބުރުންނާއި ކުއާޓާރ ފައިނަލުން މޮޅުވެ މުބާރާތުގެ ގަދަ 4 ޓީމުގެ ތެރޭގައި ހިމެނިފައެވެ.
މިމުބާރާތުގައި ފުވައްމުލައް ސިޓީއިން ދެން ވާދަކުރި ހޯދަޑު ސްޕޯރޓްސް އާއި ދިގުވާޑް ސްޕޯރޓްސް ވެސް ދެވަނަ ބުރުގެ ޖާގަހޯދިއެވެ. އެ ދެ ޓީމުވެސް ދެވަނަ ބުރުގައި ކުޅުނު މެޗުން ބަލިވީއެވެ. ނަމަވެސް ހޯދަޑު ސްޕޯޓްސް ދެވަނަ ބުރުގައި ވާދަކުރި ފޭދޫ ލޮނަ ޓީމު މުބާރާތުގެ ގަވާއިދާއި ޚިލާފުވުމުން މުބާރާތުން ވަކިކުރުމުން ކުއާޓާފައިނަލުގެ އެޓީމުގެ ޖާގަ ލިބުނީ ހޯދަޑު ސްޕޯޓްސް އަށެވެ.

ހޯދަޑް ސްޕޯރޓްސް އިން ކުއާރޓާ ފައިނަލުގައި ކުޅުނު މެޗުން ބަލިބީ 3-0 އިން
ހޯދަޑުސް ސްޕޯރޓްސް އިން ކުއާޓާރ ފައިނަލުގައި ވާދަކުރީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަދި މިހާރު ފައިނަލަށް ދަތުރުކޮށްފައިވާ އުސްގަޑަ ޓީމާއެވެ. އެމެޗު 3-0 އިން ކާމިޔާބުކުރުމުން އުސްގަޑަ ސެމީ ފައިނަލުގެ ޖާގަ ލިނުނީއެވެ.

މުބާރާތުގައި ވާދަކުރި ދިގުވާޑު ސްޓްސް ޓީމު
ޚިޔާލުތައް