A wide advertisement which will be shown on all devices. (700 x 100)

ޖެންޑާ މިނިސްޓަރު ފުވައްމުލަކު ސިޓީ ކައުންސިލާއި ބައްދަލުކުރައްވައިފި

ޖެންޑާ މިނިސްޓަރު މިއަދު ވަނީ ފުވައްމުލަކު ސިޓީ ކައުންސިލާއި ބައްދަލުކުރައްވާފައި. ފޮޓޯ: ފުވައްމ

ފުވައްމުލަކުގައި ޖެންޑާ މިނިސްޓްރީ އިން ގާއިމުކޮށްފައިވާ “އަމާންވެށި” ރަސްމީކޮށް ހުޅުވާދެއްވުމައްޓަކައި ޖެންޑާ މިނިސްޓަރު ފުވައްމުލަކުސިޓީ އަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި މިއަދު ފުވައްމުލަކު ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

ފުވައްމުލަކުސިޓީ ކައުންސިލް އިދާރާގައި މިއަދު ކުރިޔަށް ދިޔަ މިބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ޖެންޑާ މިނިސްޓްރީ އާއި ފުވައްމުލަކު ސިޓީ ކައުންސިލުން ކުރުމަށް ރޭވިފައިވާ ކަންކަމާއި ބެހޭގޮތުންނާއި މިސިޓީގައި ގާއިމުކޮށްފައިވާ އަމާން ވެށީގެ މުހިއްމު ކަންތައްތަކާއި ބެހޭ ގޮތުންކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެއެވެ.

އެގޮތުން ކޮމިއުނިޓީ ސޯޝަލް ގުރޫޕް އިތުރަށް ހަރުދަނާކުރުމަށާއި ފުވައްމުލަކުގެ އަމާންވެއްޓަށް ސިޓީ ކައުންސިލްގެ އެއްބާރުލުން ބޭނުންވާ ކަމަށް ޖެންޑާ މިނިސްޓްރީ އިން އެދިވަޑައިގެންފައިވެއެވެ. އަދި މިހާރު ވެސް ސިޓީ ކައުންސިލުންނާއި ރަށުގެ ރައްޔިތުންގެ ފަރާތުން ފުވައްމުލަކުގެ އަމާންވެއްޓަށް ލިބެމުންދާ އެއްބާރުލުން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޖެންޑާ މިނިސްޓުރީން މިހާރު އެންމެ އިސްކަމެއްދީގެން މަސައްކަތް ކުރައްވަމުންގެންދަވަނީ މާލޭ ސަރަހައްދުގައި ކުދިން ގެންގުޅެމުންދާ ތޮއްޖެހިފައިވާ މަރުކަޒުތަކުން ކުދިން ބަދަލުކޮށް އަތޮޅުތެރޭގައި ގާއިމުކޮއްފައިވާ އަމާން ވެށިތަކުގައި އަމާންކަމާއި ރައްކާތެރިކަމާއި އެކު އެކުދިންނަށް އުޅުމުގެ ފުރުސަތު ހޯދާދިނުމަށެވެ.
ޖެންޑަރ މިނިސްޓަރީން އަތޮޅުތެރޭގެ ރަށްތަކުގައި ގާއިމުކޮށްފައިވާ އަމާން ވެށިތަކަށް ކުދިން ބަދަލުކުރައްވަމުން ގެންދަވާއިރު އޭގެތެރެއިން 11 ކުއްޖަކު މިވަނީ ފުވައްމުލަކުގެ އަމާން ވެއްޓަށް ބަދަލުކޮއްފައެވެ. އެހެންކަމުން މިހާރު ފުވައްމުލަކުގެ އަމާންވެށީގައި މުޅިއެކު 16 ކުއްޖަކު އެބަތިއްބެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !