A wide advertisement which will be shown on all devices. (700 x 100)

އައްޑޫ ސިޓީ އާއި މާލޭގައި “ތާށިވެ” ރަށަށް ނާދެވިފައިވާ މީހުން ރަށަށް ގެނައުމުގެ މަސައްކަތް ކުރެވެމުން އެބަދޭ- ސިޓީ ކައުންސިލް

ރޭ ފުވައްމުލައް ސިޓީ އީއޯސީ އިން ބޭއްވި ޕްރެސް ބްރީފިން

ކޮވިޑް-19 އާއި ގުޅިގެން ފުވައްމުލައް ސިޓީއަށް ދަތުރުފަތު ކުރުން މެދުކަނޑާލުމާއި ގުޅިގެން އައްޑޫ ސިޓީއާއި މާލެ ސިޓިގައި ރަށަށް ނާދެވި ތާށިވެފައިވާ ފުވައްމުލަކުގެ މީހުން ރަށަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ވިދާޅުވެއްޖެއެވެ.

ރޭ ފުވައްމުލައް ސިޓީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން (ފުވައްމުލައް އީއޯސީ) ބޭއްވި މީޑީއާ ބްރީފިންގައި ފުވައްމުލައް ސިޓީ ކައުންސިލްގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ނިޖާހު ވިދާޅުވީ އެޗްޕީއޭގެ ހުއްދަ ލިބުނުހާ އަވަހަކަށް އައްޑޫ ސިޓީގައި ތާށިވެފައި ތިބި ފުވައްމުލަކު މީހުން ހޯމް ކަރަންޓީނަށް ރަށަށް ގެނައުމުގެ މަސައްކަތް ކުރިޔަށްދާނެ ކަމަށެވެ.

އައްޑޫ ސީޓީގައި ކޮވިޑް-19 ފެތުރޭތީ މޮނިޓަރިންއަށް ގެނެވުނު ވަގުތު ފުވައްމުލައް ސިޓީގެ ގިނަ ބަޔަކު ބޭސްފަރުވާއަށާއި އެކިބޭނުންތަކަށް އައްޑޫއަށް ގޮސްފައި ތިބި ކަމަށެވެ. އަދި އައްޑޫ ސިޓީ މޮނިޓަރިން އަށް ލުމާއެކު އައްޑުއާއި ފުވައްމުލައް ސިޓީ އާއި ދެމެދުގެ ދަތުރުތައް ވަނީ މެދުކަނޑާލެވިފައެވެ. މިހާރު އައްޑޫ ސިޓީއިން ފުރެނީ އެޗްޕީއޭގެ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށް ވުމުން ފުވައްމުލައް ސިޓީ ކައުންސިލުން އަންނަނީ ހުއްދަ ހޯދުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

މީގެ އިތުރުން ފުވައްމުލައް ވެސް އެޗްޕީއޭގެ މޮނިޓަރިންއަށް ލާފައި ވުމާއެކު މާލެއިން ރަށަށް އަންނަން ދަތުރުހަދާފައިވާ އެތައްބަޔަކަށް ވެސް ވަނީ ރަށަށް އާދެވޭ ގޮތް ނުވެފައެވެ. އެމީހުވެސް ރަށަށް ގެނައުމުގެ ހުއްދަ ހޯދުމަށް މަސައްކަތް ކުރުމަުންދާކަމަށް ރޭގެ ޕްރެސްގައި ނިޖާހު ހާމަކުރެއްވިއެވެ.

އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އާއި ދެމެދުގެ އާއްމު ދަތުރުފަތުރު ވަނީ މެދުކަނޑާލެވިފައި.

ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ އައްޑޫގައި ތާށިވެފައި ރަށަށް ނާދެވިފައިވާ ފަރާތްތަކުގެ މައުލޫމާތު އާއްމުކޮށް ހުޅުވާލައިގެން، އޮންލައިން ފޯމެއް މެދުވެރިކޮށް ސާފުކޮށްފައެވެ. އެގޮތުން ބެލިބެލުމުން 71 ފަރާތެެއް އައްޑޫ ސިޓީގައި ރަށަށް ނާދެވިފައި ތިބި ކަމަށް ފާހަގަ ކުރެވިފައި ވާކަމަށް ސިޓީ ކައުންސިލުން ރޭ ހާމަކުރެއްވިއެވެ. ނަމަވެސް މާލެއިން ރަށަށް ނާދެވި ތާށިވެފައި ވަނީ ކިތައް މީހުނެއް ކަމެއް ނުކުރައްވައެވެ.

ރޭގެ ޕެރެސްގައި މިކަލް ނޫހުގެ ފަރާތުން ފާހަގަކުރިއެއްކަމަކީ މޮނިޓަރިންގައި ރަށަށް އަރާފޭބުން މަނާކުރެވިފައިވާ ހިނދުވެސް ފުވައްމުލައް ސިޓީއާއި މާލެއާއި ދެމެދު ފްލައިޓް ދަތުރުތައް ކުރަމުން ދާކަމަށް ބުނެ ސޯޝަލް މީޑިއާގައި އާއްމުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށާއި، އެއީ ކިހިންތެ ހިނގާ ކަމެއްތޯ ރައްޔިތުންނަށް ސާފުކޮށް ދެއްވުމަށެވެ.

އެސުވާލާއި ގުޅިގެން ނިޖާހު ވިދާޅުވީ މިހާރު ފުވައްމުލަކާއި މާލެއާއި ދެމެދު އާއްމު ދަތުރުފަތުރު ހުއްޓާލެވިފައިވާ ކަމަށާއި މިހާރު ކުރަނީ އިމަޖެންސީގައި ފުވައްމުލަކުން މާލެ ގެންދަންޖެހޭ މީހުން އުފުލުމަށް ކުރާ ދަތުރުތަކާއި ފުވައްމުލަކުގައި ތިބި ޓްވަރިސްޓުން އަނބުރާ އެމީހުންގެ މަންޒިލަށް ގެންގޮސްދިނުމަށް ކުރާ ދަތުރުތަކެއް ކަމަށެވެ. އެ ފްލައިޓްތަކުގައި އާއްމުން ދަތުރުކުރުމުގެ ހުއްދަ ލިބިފައި ނުވާ ކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !