ފުވައްމުލައް ސިޓީއަށް ހިމެނޭ، ދެކުނުގެ 5 އަތޮޅުގެ ސަރަހަށްދަށް މޫސުމީ ހުދު ސަމާލު ނެރެފިއެވެ. އެއާއެކު މޫސުމަށް ސަމާލުވުމަށް ފުވައްމުލައް ސިޓި ކައުންސިލުން ވަނީ ނޯޓިސް ނެރެފައެވެ.
މިއަދު، 10 މާރިޗު 2021 ދުވަހުގެ ރޭ 8:00 އިން މިރޭ 2:00 އަށް ދެކުނުން ލ. އަތޮޅާއި، ހުވަދުއަތޮޅާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ އަށް ވަނީ މޫސުމީ ހުދު ސަމާލު ނެރެފައެވެ. އެންމެ ފުރަތަމަ ރޭ ހުދު ސަމާލު ނެރުނީ ދެކުނުގެ 4 އަތޮޅަށެވެ.
މިއަދު ފުވައްމުލައް ސިޓީއަށް ބޯކޮށް ވާރޭ ވެހެމުން ދާކަމަށް މައުލާުމާތު ލިބެއެވެ.
މޫސުމާ ބެހޭ އިދާރާއިން ހާމަކުރާ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެކަމަށް ވެއެވެ.
ރާއްޖޭގެ ކަނޑުގެރާޅުގެ އުސްމިން: 2 – 5 ފޫޓު ހުންނާނެކަމަސ ްލަފާ ކުރެއެވެ.
ޚިޔާލުތައް