A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ފްލެޓްގެ ތިންވަނަބުރުގެ ވަގުތީ ލިސްޓް ނެރެފި

ފްލެޓްތަކަށް 3 ބުރުން މީހުން ކުރިމަތިލާފައިވާ ގޮތް. 2021

ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް 3 ވަނަ ބުރުގައި ކުރިމަތިލައި ޝަރުތު ހަމަވި މީހުންގެ ވަގުތީ ލިސްޓް މިއަދު ފުވައްމުލައް ސިޓީ ކައުންސިލުން ނެރެފިއެވެ. އެގޮތުން ކެޓަގަރީ އޭ އާއި ކެޓަގަރީ ބީ ގެ ވެސް ވަގުތީ ލިސްޓް މިއަދު ނެރެފައި ވެއެވެ.

ތިންވަނަ ބުރުގައި ފްލެޓް ދޫކުރުމަށް ހަމަޖެހިފައި ވަނީ ކެޓަގަރީން އޭ (ފުވައްމުލަކުގެ ރައްޔިތުންނަށް ޚާއްސަ ކުރެވުނު) 180 ފްލެޓްގެ ތެރެއިން ބާކީހުރި 40 ފްލެޓާއި ކެޓަގަރީ ބީ (ފުވައްމުލަކަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކުރެވުނު) 20 ފްލެޓްގެ ތެރެއިން ބާކީހުރި 7 ފްލެޓެވެ. ފްލެޓަށް ކުރިމަތިލީ މީހުންނަށް ބަލާއިރު ކޮންމެ ބުރެއްގައި ދެ ކެޓަގަރީން ވެސް ކުރިމަތިލާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވަމުން ގޮސްފައެވެ.

3 ވަނަ ބުރުގެ ފްލެޓަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތް

މިބުރު (3 ވަނަ ބުރު)ގައި ފުވައްމުލަކުގެ ރައްޔިތުންނަށް ޚާއްސަ ކުރެވުނު އޭ ކެޓަގަރީއަށް ކުރިމަތިލި މީހުންގެތެރެއިން 640 މީހުން ޝަރުތު ހަމަވިއެވެ. އަދި ފުވައްމުލަކަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކުރެވުނު ބީ ކެޓަގަރީއަށް  ކުރިމަތިލި މީހުންގެ ތެރެއިން 136 މީހުން ޝަރުތު ފުރިހަމަ ވިއެވެ.

މިއަދު އިއުލާންކުރި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މާރިޗު މަހުގެ 25 އާއި ހަމަޔަށް ވަނީ ހުޅުވާލާފައެވެ. އަދި ހުށަހެޅޭ ޝަކުވާތަަކަށް ބެލުމަށްފަހު ދާއިމީ ލިސްޓް އިއުލާން ކުރާނެއެވެ.

ފުވައްމުލައް ސިޓީގައި އިމާރާތްކުރީ 200 ފްލެޓް.

ވަގުތީ ލިސްޓްގައިވާ ގޮތުން އޭ ކެޓަގަރީން 44 އިން މަތިން ޕޮއިންޓް ލިބުނު 38 މީހަކަށް ފްލެޓް ލިބޭނެއެވެ. އަދި ބާކީ ހުރި ދެ ފްލްޓްގެ ގުރުއަތު ލާނީ 42 އިން ޕޮއިންޓް ލިބުނު 46 މީހުންގެ މެދުގައެވެ. ބީ ކެޓަގަރީން 45 އިން މަތިން ޕޮއިންޓް ލިބުނު 6 މީހުންނަށް ފްލެޓް ލިބޭނެއެވެ. އަދި ބާކީ ހުރި 1 ފްލެޓަށް 42 ޕޮއިންޓް ލިބުނު 8 މީހުންގެ މެދުގައި ގުރުއަތުލާނެއެވެ.

ތިންވަނަ ބުރުގައި ޝަރުތުހަމަވި ފަރާތްތަކަށް އޭ ކެޓަގަރީއިން ޕޮއިންޓް ލިބިފައި ހުރީ 52-22، އާއި ދެމެދުން ޖުމްލަ 640 މީހެކެވެ. ދެވަނަ ބުރުގައި ޕޮއިންޓް ލިބިފައި ހުރީ 19-47 އާއި ދެމެދުން ޖުމްލަ 206 މީހުންނަށެވެ.

ބީ ކެޓަގަރީން މިބުރުގައި ޕޮއިންޓް ލިބިފައި ވަނީ 49-19 އާއި ދެމެދުން 136 މީހަކު، އަދި ދެވަނަ ބުރުގައި 22-45 އާއި ދެމެދުން ޕޮއިންޓް ލިބުނު ޖުމްލަ 25 މީހަކުހިމެނެއެވެ.

ފުވައްމުލައް ސިޓީ ފްލެޓް އެޕްލިކޭޝަނަށް ޕޮއިންޓް ލިބިފައިވާ ގޮތް

ދެވަނަ ބުރުގައި އޭ ކެޓަގަރީން ފްލެޓްގެ ޔަގީންކަން ލިބިފައިވަނީ 47-41 އަށް ޕޮއިންޓް ލިބިފައިވާ 14 މީހުންނާއި 40 ޕޮއިންޓުން އެއްވަރުވެފައިވާ 31 މީހުންގެ ގެތެރެއިން ގުރުއަތުން ހޮވުނު 21 މީހުންނަށެވެ. އަދި ބީ ކެޓަގަރީން ފްލެޓް ލިބިފައިވަނީ ޝަރުތު ހަމަވި 25 މީހުންގެ ތެރެއިން 45-53 އަށް ޕޮއިންޓް ލިބުނު 5 މީހުންނަށެވެ.

ތިންވަނަ ބުރުގެ ބީ ކެޓަގަރީން ފްލެޓް ލިބޭނެކަމަށް ބެލެވޭ އެންމެ މަތިން ޕޮއިންލިބުނު މީހުންނަކީ:

  1. ޝަފާ އަބްދުއްރަހުމާނު ޖަނަވަރީމާގެ، ފ. ދަރަބޫދޫ 49 ޕޮއިންޓް
  2. އިސްމާއީލް ސައުދުﷲ، ވީނަސްވިލާ، ގއ.ގެމަނަފުށި 49 ޕޮއިންޓް
  3. ނާދިޔާ ހަސަން ދިދީ ،އޮށަނިމާގެ، ސ.ހިތަދޫ 49 ޕޮއިންޓް
  4. ހަފީޒާ ނަޣުމާ، ނޫރާނީވިލާ، އދ.ކުނބުރުދޫ 45 ޕޮއިންޓް
  5. ނަޝާ ރަޝިދު، ސީނާ، ގދ. ފަރެސް 45 ޕޮއިންޓް
  6. އާއިޝަތު ރަޝިދާ، ތަރިޖެހިގެ، ސ.ހިތަދޫ 45 ޕޮއިންޓް
  7. (ގުރުއަތަށް – 42 ޕޮއިންޓް ލިބުނު 8 މީހުން)

ތިންވަނަ ބުރުގައި އެންމެ މަތިން 52 ޕޮއިޓް ލިބުނު އިރު ދެވަނަ ބުރުގައި އެންމެމަތިން ލިބިފައިވަނީ 47 ޕޮއިންޓް އަދި ފުރަތަމަ ބުރުގައި އެންމެ މަތިން ލިބިފައި ވަނީ 44 ޕޮއިންޓެވެ. މިއާއެކު ފުވައްމުލަކުގައި އިމްރާތްކުރެވިފައިވާ ހުރިހާ ފްލެޓްތަކެއް މީހުންނަށް ދޫކޮށް ނިމޭނެއެވެ. ނަމަވެސް ފްލެޓް ބޭނުންވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ހަލުއި މިންވަރު މިވަނީ ސާފުވެފައެވެ.

ދިގުވާނޑާއި ދަޑިމަގު އަވަށުގައި އިމާރާތްކުރެވިފައިވާ މިފްލެޓްތަކުގައި ފުރަތަމަ ބުރާއި ދެވަނަ ބުރުން ފްލެޓް ލިބުނު މީހުން މިހާރު ވަނީ އެތަންތަނުގައި ދިރިިއުޅެން ފަށާފައެވެ.

ފުވައްމުލައް ސިޓީ ދަޑިމަގު ސަރަހައްދުގައި އިމާރާތް ކުރެވިފައިވާ ފްލެޓްތައް

އަމިއްލަ ފަރުދުންގެ ދިރިއުޅުމުގެ ޙާލަތަށް ބަލައި ޕޮއިންޓް ދީގެގެން އެންމެ ބޭނުންޖެހިފައިވާ މީހުންދިރިއުޅުމަށް ކުޑައަގެއްގައި ދޫކުރެވޭ މިފްލެޓްތައް އެހެން މީހުންނަށް ކުއްޔަށްދިނުމަކީ މަނާކަމެކެވެ. އެހެން މީހުންނަށް ކުށްޔަށް ދޫކޮށްލެވޭނަމަ މިއުސޫލުން ފްލެޓް ދޫކުކުރި ބޭނުން އެކަނޑުނީއެވެ.

ސިޓީކައުންސިލްގެ ވަގުތީ ލިސްޓް އިއުލާން 11 މާރިޗް 2021

3 ވަނަ ބުރުގެ ވަގުތީ ލިސްޓް ކެޓަގަރީ އޭ

3 ވަނަ ބުރުގެ ވަގުތީ ލިސްޓް ކެޓަގަރީ ބީ

ދެވަނަ ބުރުގެ ފުލެޓަށް ޝަރުތު ހަމަވާ މީހުންގެ މީހުންގެ ދާއިމީ ލިސްޓް ކެޓަގަރީ އޭ

ދެވަނަ ބުރުގެ ފުލެޓަށް ޝަރުތު ހަމަވާ މީހުންގެ މީހުންގެ ދާއިމީ ލިސްޓް ކެޓަގަރީ ބީ (ރަށުން ބޭރު)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !