ފުވައްމުލައް ސިޓީގެ ހޯމް ކަރަންޓީނުން ކޮވިޑް-19 އަށް އިތުުރު މީހަކު ޕޮޒިޓިވްވެ ސީޓީއިން މިހާތަނަށް ޕޮޒިޓިވްވި ޖުމްލަ 75 އަށް އަރައިފިއެވެ.
އިއްޔެ ނޫން ކުރީ ދުވަހުން ވެސް ވަނީ ފުވައްމުލައް ސިޓީއަށް ދަތުރުކުރި މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައެވެ. އިއްޔެގެ ޕޮޒިޓިވް ކޭސް އާއިއެކު ރަށުގައި މިހާރު އެކްޓިވް 3 ކޭސް އެބަތިއްބެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ 73 މީހުންނަވެ. ފުވައްމުލައް ސިޓީއަށް ދަތުރު ކުރި ފަހުން ޕޮޒިޓިވް ވިކަން އެނގުނު ކޭސް ފުވައްމުލައް ސިޓީގެ ޖުމްލަ ކޭސްގެ އަދަދުގެ ތެރޭގައި ނުހިމެނެއެވެ.

ފުވައްމުލައް ސަޓީ ކޮވިޑް-19 އަޕްޑޭޓް 1 މެއި 2021
ކޮވިޑް-19 އަޕްޑޭޓް
ކޮވިޑް-19 ގެ އަޕްޑޭޓް ތަކަށް ބަލާއިރު އިއްޔެވަނީ ފުވައްމުލައް ސިޓީއިން އިތުރު ޕޮޒިޓިވް ކޭސް އެއް ފެނިފައެވެ. އަދި އެކްޓިވް 3 މިވަނީ ބަދަލުވެފަވެ. މިހާތަނަ ފުވައްމުލައް ސިޓީން ބައްޔަށް ޕޮޒިޓިވް ވެފައިވާ ޖުމްލަ އަދަދަކީ 75 އެވެ. އަދި 73 މީހުން ވަނީ ބަލިން ފަސޭހަ ވެފައެވެ. މީގެ ތެރޭގައި އެކްޓިވް 1 ކޭސް އަކީ މާލޭއިން ޕޮޒިޓިވް ވިކޭސް އެއް މިވަގުތު ފުވައްމލައް ސީޓީގައި ހުރުމުން ޖުމްލަ އެކްޓިވް 3 ކޭސް ވަނީއެވެ.
މިހާތަނަށް ނެގި ޖުމްލަ ސާމްޕަލ 9136
ވެކްސިން އަޕްޑޭޓް
ފަިއތުވި ހުކުރު (30 އޭޕްރީލް) ގައި ވެކްސިން ޖެހުން ކުރިޔަށްގެންގޮސްފައެއް ނުވެއެވެ.
އިއްޔެ (ހޮނިހިރު) ގެ ނިޔަލަށް ކޮވިޑް ވެކްސިންގެ 2 ވަނަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 2464 މީހުން
މިއީ ރަށުގައި ދިއިރުޅޭ ކަމަށް ބެލެވޭ 10،705 މީހުންގެ %23.0 އެވެ.
އިއްޔެގެ ނިޔަލަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 5664 މީހުން (އިއްޔެ ސިނޮފާމް ފުރަތަމަ ޑޯޒް އެއްވެސް މިހަކު ޖަހާފައެއް ނުވެއެވެ.)
މިއީ ފުވައްމުލައް ސިޓީގައި ދިރިއުޅޭ މީހުންގެ ތެރެއިން ވެކްސިން ޖެހުމުގެ ފުރުސަތު އޮތް (18 އަހަރުން މަތީ) 7735 މީހުންގެ %73.2 މީހުންނެވެ.
ކައިރިން އޮތް އަޑޫސީޓީ އާއި ގދ. ތިނަދޫގައި ވެސް ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ބެލެވި އެތަންތަން ވަނީ އެޗްޕީއޭގެ މޮނިޓަަރިން އަށް ލާފައެވެ. އަދި އެކަމާއި ގުޅިގެން މިއަދު އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫސިޓީގައި އެއްގެއިން އަނެއްގެއަށް ދިއުމާއި އެއްރަށުން އަނެއް ރަށަށް ދިއުން ވަގުތީގޮތން މަނާކޮށްފައެވެ.
އެގެ އިތުރުންވެސް މަނާކުރެވިގައިވާ ކަންތައްތަކުގެތެރޭގައި:
- އައްޑޫގައި ގާއިމްކޮށްފައިވާ އޮފީސްތައް އާއްމު ޚިދުމަތްތަކަށް ބަންދުކޮށް އޮންލައިންކޮށް ޚިދުމަތް ދިނުމާއި
- ސެލޫން، ބޯކޮށާ ތަންތަނާއި ޖިމްތަކުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އެންގުންތަކާ އެއްގޮތަށް ޚިދުމަތް ދިނުމާއި
- ފިހާރަތަކުން ޚިދުމަތްދިނުން ވެސް އެމިންގަދުގައި ހިފެހެއްޓުމާއި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ފިހާރަތަކަށް މީހުން ނުވެއްދުމަށް ސަމާލުކަންދިނުމާއި
- ހުރިހާ ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލުމާއި
- ޕާޓީތަކާއި، ޙަފްލާތަކާއި، ބައްދަލުވުންތައް ކުރިއަށް ނުގެންދިއުމާއި އެގޮތުން ގިނަ މީހުން އެއްވެގެން ރޯދަވީއްލުން ނުވޭއްވުމާއި
- ޓެކްސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އެޗް.ޕީ.އޭ އިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތްދިނުން ހިމެނެއެވެ.
މިއީ ފުވައްމުލައް ސިޓީއިން ވެސް މީގެ ކުރިން ތަޖުރިބާކޮށްފައިވާ ދަތި އުނދަގޫ ހާލަތެކެވެ. ވުމާއެކު އަނބުރާ އެހާލަތަށް ނުގޮސް ވޭތޯ ހުރިހާ އެންމެންގެ އެއްބާރުލުން މުހިންމުވާ ވަގުތު މިއޮތީ ޖެހިފައެވެ.
މީގެ އިތުރުން ކުރިޔަށް އޮތް 1 ހަފުތާއަށް (10-4 މެއި 2021) އަތޮޅުތަކުގެ މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުންތަކާއި ސިއްހީ ބޭނުންތަކުގައި ނޫނީ ދަތުރުކުރުން އެޗްޕީއޭއިން މިއަދު ވަނީ މަނާކޮށްފައެވެ.
ޚިޔާލުތައް