A wide advertisement which will be shown on all devices. (700 x 100)

ފެން ހިންދުމަށް އިތުރު 6 ޕަމްޕު ފުވައްމުލައް ސިޓީއަށް ފޮނުވާނީ

ފުވައްމުލައް ސިޓިގައި ފެން ހިންދުމަށް ބޭނުންކުރާ ޕަމްޕު - ސިޓީ ކައުނ

ފުވައްމުލައް ސިޓީގައި ފެންބޮޑުވެ ނުހިނދި ގިނަ ދުވަސްވާތީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) މެދުވެރިކޮށް 6 ފެން ޕަމްޕު ފުވައްމުލައް ސިޓީއަށް ފޮނުވުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ކަމަށް ރައީސް އޮފީހާއި ހަވާލާދީ ‘މިހާރު’ ނޫހުން ހާމަކުރެއެވެ. ރޭގެ ޕްރެސްގައި ފުވައްމުލައް ސިޓީ ކައުންސިިލުން ހާމަކުރައްވާފައި ވަނީ ފެންގަޑު ހިންދުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި އެކަމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކޮށްފައި ވެއެވެ.

މި ޕަމްޕުތަކުގެ ތެރެއިން 5 ޕަމްޕަކީ އެންޑީއެމްއޭ މެދުވެރިކޮށް ރައީސް އޮފީހުން ފޮނުވާ ޕަމްޕެވެ. އަނެއް ޕަމްޕަކީ އެމްޑަބުލިއުއެސްސީ އިން ފޮނުވާ ޕަމްޕކެވެ. މި ޕަމްޕުތައް މިރޭ ފުވައްމުލަކަށް ލިބޭނެ ކަމަށް ވެއެވެ.

ގެހެއަށް ފެން ވަނުން ހުއްޓުވުމަށް ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތުގައި ވޮލަންޓިއަރުންނާއި ފުލުހުން އަދި ސިފައިން ވެސް

ފާއިތުވި 2020 ވަނަ އަހަރު ވެސް ފުވައްމުލައް ސިޓީއަށް ފެން ހިންދާ 4 ޕަމްޕު ފޮނުވަފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަކްރޫކް އާއި ހަވާލާދެއްވާ މިހާރު އިން ހާމަކުރެއެވެ. ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމު ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފައިވާ ކަމަށާއި އަދި އެކަން ފެނަކަ ކޯޕަރޭޝަންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ.

ފުވައްމުލައް ސިޓީގެ މަގުތަކާއި ހުސްބިންތަކުގައި  އަދި ގިނަ ގެތަކެއްގައި ފެންބޮޑުވެ، 364 ގެއަށް ފެން ވަދެގެން ބަސްތާ ޖެހުމުގައި އެހީތެރިވެފައިވާ ކަމަށް ރޭ ފުވައްމުލައް ސިޓީ އިމަޖެންސީ އޮޕަރޭޝަން ސެންޓާރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައި ވެއެވެ. މީގެ އިތުރުން 10 ގެއެއްގެ މީހުން އެހެން ގެތަކަށް ބަދަލުކުރަން ޖެހިފައި ވެއެވެ.

ފުވައްމުލައް ސިޓީ ގެއެއްގެ ކުރިމަތީ ފެންގަނޑު ބޮޑުވެފައި

މިފަހަރުގެ ފެން ބޮޑުވުމާއި ގުޅިގެން 15 ޕަމްޕަކާއި 3 އާރޮ (ކާނު) ބޭނުންކޮށްގެން އަންނަނީ ރަށުން ފެން ބޭރުކުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންނެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ އަމިއްލަ މީހުން ވެސް ޕަމްޕުތައް ބޭނުން ކޮށްގެން ފެންގަޑު ގެއާއި ގޯތިތެރެއިން ން ބޭރުކުރެވޭތޯ މަސައްކަތް ކުރަމުން އަންނަކަމުގެ މައުލޫމާތު މިކަލް ނޫހަށް ލިބިފައި ވެއެވެ. ނަމަވެސް ކޮންމެ ދުވަހަކު ވެސް އިތުރަށް ވާރޭ ވެހެމުން ދާތީ ފެންގަޑު ހިންދުމަށް ވަނީ ބޮޑެތި ގޮން ޖެހުން ތަކާއި ކުރިމަތި ލާން ޖެހިފައެވެ.

ކާނުތަކާއި ޕަމްޕް ތަކުން ފެން ބޭރުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި

ފުވައްމުލައް ސިޓީގެ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމި ހައްލެއް ލިބެނީ ރަނގަޅު ފެންހިންދާ ނިޒާމެއް ގާއިމުކުރެވިގެން ކަމަށް މަބުރޫކު އާއި ހަވާލާދީ ހާމަކޮށްފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !