‘ރަންހިރު ދަރުބާރުގެ’ ނަމުގައި މާލޭގައި ކުރިޔަށްގެ ގެންދިޔަ އަންހެނުން ބާރުވެރިކުރުމުގެ ބައްދަލުވމުގައި ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އ.ތ.މ ކޮމެޓީ) އިން ބަިއވެރިވެފައިވެއެވެ. ފުވައްމުލައް ސިޓީ އ.ތ.މ ކޮމެޓީގެ ފަރާތުން ބައިވެރިވެފައިވަނީ ފުވައްމުލަކު އިރު ދެކުނު ދާއިރާގެ މެމްބަރު ޒަހީނާ އަހުމަދު އެވެ.
ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީ އާއި މާލެ ސިޓީ އަދި ހުވަދު އަތޮޅު އުތުރުބުރި އާއި ދެކުނުބުރީގެ ރަށްތަކުގެ އ.ތ.މ ކޮމެޓީ ތަކުން ޖުމުލަ 27 މެމެބަރަކު މިދަރުބާރުގައި ބައިވެރިވެފައި ވެއެވެ. މިދަރުބާރު ޝަރަފުވެރިކޮށްދެއްވީ ޑރ. އާމިނަތު ޖަމީލެވެ.
މި ދަރުބާރުގައި އިގުތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން އަންހެނުން ބާރުވެރިކުރުމުގެ މަގުސަދުގައި ކުރިޔަށްގެންދާ ދަރުބާރެކެވެ.
އިއްޔެގެ ހެނދުނުގެ ސެޝަނުގައި އޮތީ ރަށު ލެވެލްގައި އަންހެނުންނަށް ހުރި އިގުތިސާދީ ފުރުސަތުތަކާއި އަދި އިޖުތިމާއި ގޮތުން އަންހެނުން ބާރުވެރި ކުރުވުމާއި ގުޅޭ ގޮތުން އެލްޖީއެއިން ކުރިޔަށްގެންދިޔަ ސެޝަނެކެވެ. ދެވަނަ ސެޝަނުގައި އ.ތ.މ ކޮމެޓީ ތަކުން އަންހެނުން ކުރިއެރުވުމަށް މަސައްކަތް ކުރުމާއި ގުޅެ ގޮތުން ފަންނީ މާހިރުން ގެ ޕެނަލް ޑިސްކަޝަނެއް ބާއްވާފައި ވެއެވެ.
އަދި މިދަރުބާރުގެ ފަހު ސެޝަނުގައި އ.ތ.މ ކޮމެޓީތައް އިދާރީ ގޮތުން ހަރުދަނާ ކުރުމާއި ކައުންސިލާއި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން މައުލުޟާތު ދިނުމާއި މަޝަވަރާ ކުރުން ކުރިޔަށް ގެންގޮސްފައި ވާކަމަށް ފުވައްމުލައް ސިޓީ ޑަބްލިޔު ޑީސީއިން މިކަލް ނޫހަށް މައުލޫމާތު ދެއްވައެވެ.
ޚިޔާލުތައް