ފުވައްމުލަކު ސްޓޭޑިއަމްގެ ފުޓްސަލް ކޯޓް ސިޓީ ކައުންސިލުން އަލުން ހަދައި މިއަދު ހަވީރު ހުޅުވައިފިއެވެ. މިހަދު ހަވީރު 4:00ގައި ފުޓްސަލް ކޯޓުަގއި ބޭއްވި ރަސްމިއްޔާތެއްގައި ކޯޓު ހުޅުވަިއ ދެއްވި މެޔަރު އިސްމާއީލް ރަފީގެވެ.
މިރަސްމިއްޔާތުގައި ހިމަނައިގެން ފުޓްސަލް ކޯޓް ހުޅުވުމުގެ ގޮތުން ސިޓީ ކައުންސުލްގެ މުވައްޒަފުގެ ޓީމަކާއި ފުވައްމުލަކު ޕޮލިސް ޓީމަކާއި ދެމެދު ރަހުމަތްތެރިކަމުގެ ފުޓްސަލް މެޗެއް ކުޅެފައި ވެއެވެ.

ސިޓީ ކައުންސިލް މުވައްޒަފުން ދެކުމާއި ދިއުން
މިއަދު ހުޅުވި ފުޓްސަލް ކޯޓަކީ ކުރިން، އައުޓްޑޯ މެޓްް އަޅައިގެން ހެދި ކޯޓެކެވެ. ނަމަވެސް އެކޯޓުގައި ކުޅެން ޖެހުމުން ކުޅުންތެރިންނަށް އަނިޔާވުމާއި، ދަނޑުގެ ސައިޒު ކުޑަވުމުން ސިޓީ ކައުންސިލުގެ ބަޖެޓުން ޚަރަދުކޮށް ދަނޑުގެ ސައިޒު ބޮކޮށް ވަނީ ހަދާފައެވ. އަދި ކުރިން ސާފެސްގައި އޮތް މެޓްގެ ބަދަލުގައި މިހާރު ވަނީ ސިންތެޓިކް ޓާފް އަޅާފައެވެ.
މި ކޯޓުގެ މަސައްކަތް ކޮށްފައިވަނީ ސިޓީކައުންސިލްގެ މެއިންޓެނަންސް ޓީމެވެ. މިއަދުބޭއްވި ރަސްމިއްޔާތުގައި އެކަން ފާހަގަކޮށް ކައުންސިލުގެ ފަރާތުން މޭޔަރު ސިޓީ މެއިންޓަނަންސް ޓީމަށް ހަނދާނީ ފިލައެއް ހަދިޔާކޮށްފައި ވެއެވެ.

ކޯޓު ހުޅުވަން ކުޅުން މެޗުގެ ކުޅުންތެރިން.
އަދި ކައުންސިލު މުވައްޒަފުންގެ ފަރާތުން ދެކުމެއް ވެސް ވެދުންކޮށްފައި ވެއެވެ.
މިއަދު މިކޯޓު ހުޅުވުމާއެކު ފުވައްމުލަކުގެ ރަސްމީ ފުޓްސަލް މުބާރާތްތައް ކުޅޭނީ މިކޯޓުގައި ކަމަށް ބެލެވެއެވެ. އެއީ ރަށުގެ މެދުގައި ރަނގަޅު ފެންވަރަކަށް ކޯޓު ހެދިފައި ވުމެވެ.
ޚިޔާލުތައް