A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެއް އެޅުމަށް ޓެންޑާ ބޯޑަށް ފޮނުވައިފި

ފުވައްމުލަކު ސިޓީގައި މަލްޓިޕާޕޯސް އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމަށް ޓެންޑާ ބޯޑަށް ފޮނުވާފައިވާ ކަމަށް ކުޅިވަރާއި ބެހޭ  ވަޒީރު އަހުމަދު މަހުލޫފް ހާމަކޮށްފިއެވެ. މިނިސްޓަރު މަހުލޫފް ފޭސްބުކް މެދުވެރިކޮށް މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައިވަނީ ފުވައްމުލަކާއި، ރ.އަލިފުއްޓާއި، ރ.ދުވާފަރާއި، އއ. އުކުޅަހާއި، ސ.ފޭދޫ އާއި ސ.މީދޫ ގައި މަލްޓިޕާޕޯސް އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެއް އެޅުމަށް ޓެންޑާ ބޯޑަށް ފޮނުވާފައިވާ ކަަމަށެވެ. އަދި މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދެއްގައި އެޅޭ ފުރަތަމަ މަލްޓިޕާޕޯސް ސްޕޯޓްސް ސެންޓަރު ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިސްޕޯޓްސް ކޮމްޕްލެކްސްގައި ބާސްކެޓް ބޯޅަ އާއި ނެޓްބޯޅަ އާއި ވޮލީ ބޯޅައިގެ އިތުރުން ހޭންޑް ބޯޅަ ކުޅުމުގެ ފުރުސަތުވެސް ތަނަވަސް ވެގެންދާނެއެވެ. މިަފަ ސްޕޯޓްސް ކޮމްޕްލެކްސްއެއް މާލޭގެ ސޯޝަލް ސެންޓަރުގައި ގާއިމުވެފައި ހުރެއެވެ.

ފުވައްމުލަކުގައި ސްޕޯޓްސް ކޮމްޕްލެކްސް އެއް އެޅުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުމެއް ވަނީ މިދިޔަ އަހަރު ޖޫން މަހު 9 ވަނަ ދުވަހު ބާއްވާފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !