A wide advertisement which will be shown on all devices. (700 x 100)

ސްޓޮމް ވޯޓާ ސިސްޓަމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށިއްޖެ

ސްޓޯމް ވޯޓާ ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް މާދަމާ ފަށަނީ. ފޮޓޯ އިސިސް

ފުވައްމުލައް ސިޓީ މަގުހެދުމުގެ ޕްރޮޖެކްޓްގައި ހިމެނޭ ސްޓޮމް ވޯޓާ ސިސްޓަމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މާދަމާ ފަށާ ސަރަހައްދުތައް ސިޓީ ކައުންސިލުން މިއަދު އިއުލާންކޮށްފިއެވެ.

މި މަސައްކަތުގެ އަމަލީ މަސައްކަތް މީގެ ހަފުތާއެއްހާ ދުވަސްކުރިން ފަށައިފައިވާ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ. އެގޮތުން ފެންފުވައްމަގާއި ކިރިވޭދެ މަގާއި ވަލިފަންނު މަގުގައި ފެންހޮޅި އެޅުމުގެ މަސައްކަތް މިހާދަނީ ކުރަމުންނެވެ. މިމަސައްކަތަށް އިތުރަށް ބޭނުންވާ ހޮޅިފަދަ ސާމާނުވެސް ވަނީ ފުވައްމުލަކަށް ގެނެސްފައެވެ.

މާދަމާ، 12 އޭޕްރީލް (2022)ގައި މަސައްކަތް ފަށަނީ މާދަޑާއި މިސްކިތްމަގުގެ ބައެއް ސަރަހައްދުތަކުގައެވެ.

ސްޓޯމް ޥާޓާ ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް މާދަމާ ފަށަނީ. ފޮޓޯ އިސިސް

މިކަމާއި ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން މާދަމާ އިން ފެށިގެން ސްޓޮމް ވޯޓާ ސިސްޓަމް ގާއިމުކުރުމަށް ތިރީގައި މިވާ މަގުތައް ބައްދުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެއެވެ.

އޯކިޑުމަގު،  ނަސްރީނު ގޯޅި.

ނަރުގިސްމަގު، ރަށްދެބައިމަގު،

ދުވައްފާނޑުމަގު، ފީދިފަންނު މަގު،

ކުދިމާމަގު،  ސަންފާގެމަގު،

ރޯޝަނީ ހިނގުން، ބަހާރީ ހިނގުން.

މިމަގުތަކަކީ ކުރިން އެތައްފަހަރަކު ކޮނެ ދުވާރުވެސް ހަދައި މަގު އެއްވަރުކޮށްފައިވާ ތަންތަނެވެ. ނަމަވެސް އޭރު ސްޓޮމްވޯޓާ ސިސްޓަމަށް ބޭނުންވާ ސާމާނު ލިބިފައި ނުވާތީ އަލުން ހުރިހާ މަގެއްވެސް ކޮނެގެން ސްޓޮމްވޯޓާ ސިސްޓަމަށް ބޭނުންވާ ހޮޅިތަކާއި ޖަންކްޝަންތައް ހަދަން ޖަހެއެވެ.

މިމަސަކްތަށް ބޭނުންވާ ފަލަ ހޮޅި ފުވައްމުލައް ސިޓީއަށް ވަނީ ގެނެސްފައެވެ.

ސްޓޯމް ވޯޓާ ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް . ފޮޓޯ އިސިސް

މިމަގުތަކުގައި ކުރިން ވަނީ ކާނު ހަދައި އާއްމު ފެންހިންދާ ނިޒާމު ގާއިމުކޮށްފައެވެ. ނަމަވެސް އެއީ ބޯވާރޭ ނުވަތަ މޫސުމީ ގަދަ ވިއްސާރާގައި ފެންހިންދޭ ފަދަ ނިޒާމެއް ނޫނެވެ. މޫސުމީ ގަދަ ވިއްސާރާގައި ބޯކޮށް ވެހޭ ފެން މަގުގައި ބޮޑުވިޔަ ނުދިނުމަށް، ސްޓޮމްވޯޓާ މެނޭޖްމެންޓް ސިސްޓަމެއް މަގުތަކުގައި ހުންނަން ޖެހެއެވެ. އަދި އެފަދަ ނިޒާމެއްގެ ބޭނުން ފުވައްމުލަކުގެ މަގުތަކަށް ވަކިން ބޮޑުވެއެވެ. އެއީ ރަށް އުފެދިފައިވާ ގޮތުން މެދަށް އަޑިވެފައި ވަށައިގެން އުސްވުމުން ރަށަށް ވެހޭ ވާރޭފެން ރަށުގެ އެތެރޭގައި ހިފެހެއްޓި ފެންބޮޑު ވުމުން ސަލާމަތް ވުމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !