ފުވައްމުލަކު ކޯޓުގެ އިސް މެޖިސްޓްރޭޓް ޚަދީޖާ ލީނާގެ މައްޗަށް ހުށަހެޅުނު ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ޖުޑިޗަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
އިސް މެޖިސްޓްރޭޓް ޚަދީޖާ ލީނާގެ މައްޗަށް 2019 ވަނަ އހަރު އޮކްޓޯބަރު މަހު ހުށަހެޅުނީ ކޯޓުގެ އިދާރީ އިދާރީ ކަންކަން ހިންގުމުގައި އަދާކުރަންޖެހޭ ޒިންމާތައް އަދާނުކުރާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައެކެވެ. މައްސަލައިގައި ވަނީ ކޯޓުގެ އިދާރީ ކަންކަން ހިންގުމުގައި ހަމަޖައްސަން ޖެހޭ ކަންކަން ހަމަޖައްސައި ނުދިނުމާއި، މުވައްޒަފުންނަށް އެކްސެސް ކާޑުތައް ހޯދައިދިނުން ފަދަ ކަންކަމުގައި ޒިންމާ އަދާނުކުރާ ކަމަށް ބުނެއެވެ. ޖޭއެސްސީއިން އެމައްސަލަ ތަހުގީގު ކުރީ ސުލޫކީ މައްސަލައެއް ގޮތަށެވެ.
އެ މައްސަލަ ޖޭއެސްސީގެ ތަހުގީގަށްފަހު ލީނާގެ މައްޗަށް އެ ޝަކުވާތައް ސާބިތުނުވާކަމަށް ނިންމާފައިވަނީ މިއޭޕްރީލް މަހު މިމަހުގެ 17 ވަނަ ދުވަހު އޮތް ކޮމިޝަނުގެ ބައްދަލުވުމުގައެވެ. މީގެ ކުރިން، 2020 ވަނަ އަހަރު ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލައެއް ބަލަން ފެށުމުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.
މައްސަލަ ހުޅަހެޅުނީ މެޖިސްޓްރޭޓް ކޯޓުތަކުގެ އިދާރީ ކަންކަން ހިންގުމުގެ ޒިންމާ އިސް މެޖިސްޓްރޭންނަށް ބަދަލުކުރެވިފައިވާ ދުވަސްވަރެއްގައިއެވެ. އެގޮތުން ލީނާގެ މައްޗަށް އިދާރީ ކަންކަން ހިްނގުމުގައި އިހުމާލުވާކަމަށް ބުނެ ހުށަހެޅުނު މިމައްސަލަ ނިމިފފައިމި ވަނީ ހުށަހެޅުނު ތާ 3 އހަރު ފަހުންނެވެ. އިސް މެޖިސްޓްރޭޓް ލީނާ ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރެއްވީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
މިވަގުތު ފުވައްމުލައް ސިޓީގެ މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތް ކުރަމުން އަންނަނީ 3 މެޖިސްޓްރޭޓުންނެވެ. އެއީ އިސް މެޖިސްޓްރޭޓް ލީނާ އާއި މެޖިސްޓްރޭޓް އަކުރަމްގެ އިތުރުން އަބްދުއް ސަލާމުއެވެ. އަބްދުއް ސަލާމު ފުވައްމުލަކުގެ މެޖިސްޓްރޭޓް ކޮތަށް އައްޔަންކޮށް ފައިވަނީ 2021 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ މެދެއްހާ ހިސާބުގައެވެ. ނަމަވެސް ފުވައްމުލައް ކޯޓުގައި 4 މެޖިސްޓްރޭޓުންގެ މަގާމު އޮންނަ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ފުވައްމުލަކު ކޯޓުގެ އިދާރީ އެންމެހައި ކަންތައްތައް ބަލަހައްޓަން 25 އެއްހާ މުވައްޒަފުން ތިބެއެވެ. އަދި ކުރިން ކޯޓް އެޑްމިނިސްޓްރޭޓާ އެއް ވެސް ހުއްޓެވެ. ނަމަވެސް މިހާރު ކޯޓް އެޑްމިނިސްޓްރޭޓެއް ނުހުރެއެވެ. އެޑްމިނިސްޓްރޭޓިވް އިސްފަރާތަކީ ވެސް އިސް މެޖިސްޓްރޭޓެވެ.
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް މަހަކު 30-40 އާއި ދެމެދުގެ އަދަދަށް މައްސަލަތައް ހުށަހެޅޭ ކަމަށް ވެއެވެ. އެންމެ 3 މެޖިސްޓްރޭޓުން ތިބޭތީ މައްސަލަތައް ނުނިމި ގިނަދުވަސް ލައިގެން ދެއެވެ. އަދި އެކަމުގެ ކަންބޮޑުވުން ފުވައްމުލައް ސިޓީގެ ރައްޔިތުން ފާޅުކުރެއެވެ. ނަމަވެސް ކޯޓުތަކުގެ ވާހަކަތައް ދެއްކުމަކީ ޒަމާނުއްސުރެ އަދިވެސް ވަރަށްބޮޑު ކުށެއް ކަމަށް ބެލެވި އަދި އަފަދަ ވާހަކައެއްގެ ސަބަބުން އެމީހަކު ވެސް ކުށްވެރި ވެދާނެތީ އެފަދަ ވާހަކަ ދައްކަން ގިނަ މީހުން ބިރުގަނެއެވެ.
މީގެ އިތުރުން އެކޯޓުގައި ހިންގާ ކަންކަމުގެ މައުލޫމާތު ވެސް ރަށުގެ އާއްމުންނަށް އެނގެނީ ވަރަށް ކުޑަ މިންވަރަކަށެވެ. ހުށަހެޅޭ މައްސަލައެއް ނިންމުމަށް އަހަރުތަކެއް ނަގައެވެ. މައްސަލަ ލަސްވާތީ ލާ ސިޓީއަކަށް އިދާރީގޮތުން ވެސް ޖަވާބު ނުލިބޭ ކަމުގެ ޝަކުވާ ވެސް ބޮޑެއެވެ.
ޚިޔާލުތައް