ފުވައްމުލަކު އަތޮޅުވެރިއެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވި މުހައްމަދު ޖަލީލު ނިޔާވެއްޖެއެވެ. ބ. ކުޑަރިކިލަށް ނިސްބަތްވާ (ކުޑަރިކިލު ޖަލީލު) ނިޔާވީ 24 އޭޕްރީލް 2022 ވީ އާދިއްތަ ދުވަހު މެންދުރު ފަހުގެ ވަގުތެއްގައެވެ. ޖަލީލު ނިޔާވީ އުމުރުފުޅުން 74 އަހަރުގައި
ފުވައްމުލަކު އަތޮޅު އޮފީހުގައި އެންމެ އިސްމީހެއްގެ ހައިސިއްޔަތުން “އަތޮޅުވެރިޔާގެ އިސް އެހީތެރިޔާ”ގެ މަގާމުގައި ޖަލީލު ފުވައްމުލަކަށް ޚިދުމަތް ކުރައްވާފައި ވަނީ 1990ގެ ފަހުބައިގެ އަހަރު ތަކުގައެވެ.

ޖަލީލު ފުވައްމުލަކު އަތޮޅު ކޮޮމެޓީގެ ބައްދަލުވުމެއްގައި 1998 ހިސާބު. ފޮޓޯ؛ އަހުމަދު ސައީދު
ޖަލީލު އަކީ ރާއްޖޭގެ ގިނަ އަތޮޅުތަކެއްގައި މަސައްކަތް ކުރައްވާފައިވާ ސަރުކާރަށް ވަފާތެރި ބޭފުޅެކެވެ. ޖަލީލު ވަނީ ބ. ކުޑަރިކިލު ސްކޫލުގެ ނާޒިރުކަމާއި ކުރީގެ އަތޮޅުތަކާއި ބެހޭ މިނިސްޓްރީ (މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަން) ގައި ގިނަދުވަސްތަކެއް ވަންދެން މަސައްކްތް ކުރައްވާފައި ވެއެވެ.
ޖަލީލު ނިޔާވި ޚަބަރު ލިބުމުން ފުވައްމުލައް ސިޓީ ކައުންސިލުން ތައުޒިޔާގެ ބަޔާނެއް ނެރެފައި ވެއެވެ.
މަރޫހޫމު ޖަލީލު އަކީ ސޯޝަލް މީޑިއާގައި މަޝްހޫރު ލޫކަސް ޖަލީލުގެ ބައްޕައެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ ތައުޒިޔާގެ ބަޔާން
ޚިޔާލުތައް