A wide advertisement which will be shown on all devices. (700 x 100)

ޒިކުރާ ކޮލެޖުގައި ފުވައްމުލައް ސްޓަޑީޒް ސެންޓަރެއް ހުޅުވައިފި

ޒިކުރާ ކޮލެޖުގައި ގާއިމުކުރި ފުވައްމުލައް ސްޓާޑީޒް ސެންޓަރު 2022

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގައި ފުވައްމުލައް ސްޓަޑީޒް ސެންޓަރުގެ ނަމުގައި އެކޮލެޖުގެ ސެންޓަރެއް އިއްޔެ ހުޅުވައިފިއެވެ. މިސެންޓަރު ހުޅުވާދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލު ރަފީގު އެވެ.

ޒިކުރާ ކޮލެޖުގެ ޑިޕާޓްމެންޓް އޮފް ރިސާޗް އެންޑް އިންނޮވޭޝަންގެ ދަށުން އުފެއްދި މަރުކަޒުގެ އިސްވެރިއަކީ އިބްރާހިމް ޝަމީމު އެވެ.

މިސެންޓަރުގެ މައިގަނޑު މަސައްކަތްތަކެއްގެ ގޮތުގައި ފާހަގަ ކުރެވިގެން ދިޔައީ ސެޓްފިކެޓް 3 އިން ކޮމްޕިއުޓާ ހާޑްވެއާ އާއި ނެޓްވޯކިން ކޯހާއި، އަތްތެރިކަމުގެ ކޯސް، އިވެންޓް މެނޭޖްމެންޓް ކޯސް، އިންވެންޓްރީ މެނޭޖްމެންޓް، ފެޝަން ޑިޒައިން އެންޑް ޓެިލަރީ، ވެލްޑިން ފަދަ މަސްކަތުގެ ތައުލީމާއި ތަމްރީނު ދިނުމުގެ މަސައްކަތެވެ. މީގެ އިތުރުން ދިނާއި ދުނިޔެވީ ގޮތުން ކާމިޔާބު މީހުން ބިނާކުރުމުގެ ގޮތުން ގުރުއާން މުބާރާތް ބޭއްވުމާއި، ދީނީ މައުޟޫއު ތަކަށް ވާހަކަ ދެއްކުމާއި، ދައުވަރުތެ ޕްރޮގްރާމްތައް، އިސްލާމީ ސަގާފަތާއި ގުޅޭ ހުނަރު ޕްރޮގްރާމް ތަކާއި ގުރުއާން މުދައްރިސުންނަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތަކާއި ގުރުއާން ކްލާސްތަކާއި ގުރުއާން ހިތުދަސްކުރާ ކްލާސް ހިންގުން ހިމެނެއެވެ.

ރިސާޗް އެންޑް އިނޮވޭޝަން ދާއިރާއިން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއްގައި ފުވައްމުލައް ސިޓީ ކައުންސިލާއި ޒިކުރާ ކޮލެޖްގެ ޑިޕާޓްމެންޓް އޮފް ރިސާޗް އެންޑް އިންނޮވޭޝަންއާއި ދެމެދު އެއްބަސްވެފައި ވެއެވެ.

ފުވައްމުލައް ސިޓީއާއި ޒިކުރާ ކޮލެޖައި ދެމެދު އެހީތެރިކަން ދިނުމުގެ ގޮތުން ގާއިމުކުރި އެއްބަސްވުން. 2022

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ ކޯސްތައް ނިންމާ މީހުން ސަކުރާރުގެ ވަޒީފާތަކަށް އަމާޒު ހިފުމުގެ ބަދަލުގައި އަމިއްލަ މަސައްކަތް ކުރުމަށް ވިސްނުން ބަދަލުކުރަން ޖެހޭކަމަށް ވިދާޅުވިއެވެ. އަދި ކައުންސިލްގެ ވިސްނުމަކީ ޕްރައިވެޓް ސެކްޓާއާއި ގުޅިގެން ފުވައްމުލައް ސިޓީ ތަރައްގީ ގެނައުމުގެ މަސައްކަތްތައް ކުރުން ކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ފުވައްމުލަކުގެ ދިވެހި ބޭސްވެރިކަމާއި ބެހޭގޮތުން ސެންޓާފޯ ފުވައްމުލައް ސްޓަޑީޒް އިން ހެދި ދިރާސާއެއް ހުށަހެޅުން ވެސް އޮތެވެ.

ފުވައްމުލަކުގައި ހެދޭ ދިވެހި ބޭހުގެ ގޮތުގައި ބޭނުންކުރާ ގަސްތަކުގެ ދިރާސާ 2022

 

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !