A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގެ ޒުވާން ބޯޑީ ބޯޑަރުން ކަމަށްވާ ޝިމާލާއި ޖަރީޝް ސެމީ ފައިނަލަށް

މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާ ބައިނަލް އަގްވާމީ ރާޅާއެޅުމުގެ މުބާރާތެއްކަމަށްވާ ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ ޖޫނިއާ ބައިގެ ސެމީ ފައިނަލުން ފުވައްމުލަކު ޒުވާން ދެ ބޮޑީ ބޯޑަރުންކަމަށްވާ ޝިމާލް ޝަމީމް (ޝިމައްލެ) އާއި ޖަރީޝް ޖިހާދު ޖާގަ ހޯދައިފި އެވެ. ޝިމައްލެއާއި ޖަރީޝްގެ އިތުރުން މިކެޓަރީން ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ އެންމެ ދިވެއްސެކެވެ. އެއީ

މުބާރާތުގެ ޖޫނިއާ ބައިގެ އިއްޔެގެ ފުރަތަމަ ހީޓުގައި ވާދަކޮށްގެން ޝިމާލް ޝަމީމް (ޝިމައްލެ) ޖަރީޝް ޖިހާދު ސެމީ ފައިނަލަށް ދަތުރުކުރި މިހީޓުން ކަޓާފައިވަނީ އިބްރާހިމް އަތޫފް އެވެ. މި ހީޓުން އެއް ވަނަ ޝިމައްލެ 9.25 ގެ ސްކޯ އަކުން ހޯދިއރިރު ދެ ވަނަ 6.5ގެ ސްކޯ އަކުން ޖަރީޝް ހޯދިއެވެ. އަތޫފް އަށް ލިބުނީ 5.35ގެ ސްކޯ އެކެވެ.

ޖޫނިއާ ބައިގައި ސެމީ ފައިނަލުން ޖާގަ ހޯދި ބައިވެރިންނަކޯ ކެނެރީ އައިލެންޑްސްގެ ގެބްރިއެލް މޮލީނާ އާއި ރާއްޖޭގެ އާމިން މޫސާއެވެ. ގެބްރިއެލް މި ސެމީ ފައިނަލަށް ދަތުރުކުރީ އޭނާ ވާދަކުރި ހީޓު 10.10 ގެ ސްކޯ އަކުންކާމިޔާބު ކޮށްގެނެވެ. އެހީޓުގެ ދެވަނަ އަށް ދިޔަ އާމިން ސެމީ ފައިނަލަށް ދަތުރުކުރީ 7.85 ގެ ސްކޯއެއް ހޯދައިގެނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !