ފުވައްމުލައް ސިޓީ އެތެރޭގެ މަގުތައް ރަނގަލު ފެންވަރަކަށް ހެދުމުގެ މަސައްކަތުގެ ތެރެއިން ބަހަރު މަގުގެ މާލެގަމު ސަރަހައްދުގައި ސްޓޯމް ވޯޓާ ހޮޅި ވަޅުލުމުގެ މަސައްކަތް ކުރަމުން އަންނަތީ މިއަދުން (1 ޖެނުއަރީ 2023އިން) ފެށިގެން އެސަރަހަދުން ދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އަންގައިފިއެވެ.
ބަހާރު މަގުގައި ސްޓޯމް ވޯޓާ ހޮޅި ވަޅުލުމުގެ މަސަކްތް ކުރިޔަށްދަނީ ހުކުރު މިސްކިތުން ފެށިގެން ކަރަން އަލިކިލެގެ މަގާއި ދެމެދުގެ ސަރަހައްދުގައެވެ. ނަމަވެސް މަސައްކަތް ނިމެނެ ވަކި ދުވަހެއް، ވަގުތެއް ހާމަކޮށްފައެއް ނުވެއެވެ.
މަގުގެ މަސައްކަތުގެ ސަބަބުން އާއްމު ދަތުރުފަތުރަށް ދިމާވެދާނެ ދަތިތަކަކަށް ސިޓީ ކައުންސިލުން މާފަށް އެދޭކަމަށް އެ ކައުންސިލުން މއިަދު ނެރުނު ދެންނެވުމުގި ވެއެވެ.
+1
+1
ޚިޔާލުތައް