ފުވައްމުލައް ސިޓީގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 400 ހައުސިން ޔުނިޓް އެޅުމަށް ފިނޭސް މިނިސްޓްރީއިން ބީލަމަށް ހުޅުވާލައިފިއެވެ. މިއީ ކުރިން ފުވައްމުލައ ިސތިަގއި އެޅުމަށް ނިންމާފައިވާ ހައުސިން ޔުނިޓާއި 2022 މާޗު މަހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލައް ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި، ސިޓީ ކައުންސިލުން އެދިގެން އިއުލާންކުރެއްވި 200 ހައުސިން ޔުނިޓާއި އެކު ޖުމުލަ 400 ހައުސިން ޔުނިޓް ހިމެނޭ މަޝްރޫއެކެވެ.
ގައުމީ ފެންވަރުގެ ވާދަވެރި ބީލަމުގެ އުސޫލުން (އެންސީބީ) ހުޅުވާލި މި ހައުސިން ޔުނިޓްތައް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅަން އަންނަ ފެބްރުއަރީ މަހު 6 ވަނަ ދުވަހުގެ ކުރިންނެވެ. މި ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހު 8 ވަނަ ދުވަހުގެ (2023) ހެނދުނު 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

ފުވައްމުލަކުގައި ދެބުރިއަށް ގާއިމުކުރެވިފައި ހައުސިން ޔުނިޓްތަކުގެ މިނިސްޓަރ ސިޓީ ކައުންސިލާއި ހަވާލު ކުރައްވަނީ
މި ބީލަމުގައި ބައިވެރިވުމަށް ނޮން ރިފަންޑަބުލް 500 ރުފިޔާގެ ފީއަކާއިއެކު ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައި ވަނީ ފެބްރުއަރީ މަހު 6 ވަނަ ދުވަހުގެ (2023) 14:00 އާއި ހަމަޔަށް، ކޮންމެ ދުވަހަކު ވެސް ހެނދުނު 8:00 އިން މެންދުރު ފަހު 14:00 އަށެވެ.
މި މަސައްކަތުގެ ބީލަމުގައި ބައިވެރިވާ ފަރާތުގެ ބީލަމުގެ ސެކިއުރިޓީ އެއްގެ ގޮތުގައި 2.1 މިލިޔަން ރުފިޔާ ހުށަހަޅަން ޖެހެއެވެ. ބީލަން ސެކއިުރިޓީގެ މުއްދަތަކީ ބީލަން ހުޅުވާ ދުވަހުން ފެށިގެން 148 ދުވަހެވެ.
ފުވައްމުލަކުގައި ހައުސިން ޔުނިތްތައް އެޅުމަށް ބިން ހަމަޖައްސައި އިން ވަކިކޮށް، އެތަންތަނުގައި ހުރި ހުއްގަހުގެ މިލްކުވެރި ފަރާތަތަކަށް ބަދަލުދީ ބިން މިނިވަން ކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ފާއިތުވި 2022 ވަނަ އަހަރު އިއުލާންކޮށްފައި ވެއެވެ.
ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލު ރަފީގު ކުރިން ވިދާޅުވެފައި ވަނީ ފުވައްމުލަކު ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ގެނައުމަށް އައު ހައުސިން ޔުނިޓްތައް އަޅަން ހަމަޖެހިފައި ވަނީ 11 ބުރި އަށެވެ. އެގޮތުން 400 ހައުސިން ޔުނިޓް އަޅަން ނިންމާފައި ވަނީ ރަށުގެ 5 ސަރަހައްދެއްގައި 5 ބްލޮކެއްގައެވެ.

ފްލެޓްތަކަށް 3 ބުރުން މީހުން ކުރިމަތިލާފައިވާ ގޮތް. 2021
ފުވައްމުލައް ސީޓި ކައުންސިލުން މިހާރު ވަނީ ހައުސިން ޔުނިޓް އަޅާ ސަރަހައްދުގެ ބިން ކަނޑައަޅައި ސަރުކާރަށް އަންގާފައެވެ.
އެގޮތުން ހައުސިން ޔުނިތްތައް އެޅުމަ ބިން ހަމަޖައްސާފައި ވަނީ؛
މާދަޑު އަވަށުން 1 ބިން
ފުނާޑު އަވަށުން 2 ބިން އަދި
ދޫނިޑިގަމު އަވަށުން 2 ބިމެވެ.
ފުވައްމުލައް ސިޓީގައި މީގެ ިއތުރުން ވެސް ހައުސިން މަޝްރުއުތައް ހިންގުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން ދެކުނުގައި ގާއިމުކުރުމަށް މިސަރުކާރުން ނިންމާފައިވާ 5000 ހައުސިން ޔުނިޓްގެ ތެރެއިން 800 ހައުސިން ޔުނިޓް، %16 ފުވައްމުލައް ސިޓީގައި ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.
ޚިޔާލުތައް