އޯޝަނިކް ޕްލާސްޓިކް ރިޑަކްޝަން އެކްޓިވިޓީ އާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ފުވައްމުލައް ސިޓީގައި ބާއްވައިފިއެވެ. ފުވައްމުލައ ސިޓީ ކައުންސިލް އިދާރާގައި ބޭއްވުނު މި ބައްދަލުވުން ބައިވެރިވެފައިވަނީ ލިވް އެންޑް ލާރން އާއި ސިޓީ ކައުންސިލްގެ ފަރާތުންނެވެ.
މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލު ރަފީގުއާއި ސިޓީ ކައުންސިލް އިދާރާގެ އިސް މުވައްޒަފުންނާއި ޑަބްލިޔުޑީސީގެ ރައީށާ ދިޔާނާ ބައިވެރިވިއެވެ. ލިވް އެންޑް ލާންގެ ފަރާތުން ބައިވެރިވީ އެޖަމްއިއްޔާ ހިންގުމުގައި އިސްވެ އުޅުއްވާ ނާހިދު ޝާކިރު އާއި ޒަމީލާ އަހުމަދު ގެ އިތުރުން އެހެން ބޭފުޅޭކެވެ.

ލިވް އެން ލާން އާއި އެކު ބޭއްވުނު ބައަދލުވުން -14 ޖެނުއަރީ 2023
މިއީ ލިވް އެންޑް ލާރން އެންވަޔރަމެންޓަލް އެޑިއުކޭޝަން އާއި އެކު ޔޫ.އެސް އެއިޑް އޯޝަނިކް ޕްލާސްޓިކް ރިޑަކްޝަން އެކްޓިވިޓީ އާއި ގުޅޭ ގޮތުން ބޭއްވުނު މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެއް ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައްވައެވެ.
ލިވް އެންޑް ލާން އިން ހިންގާ މި ޕޮރްޖެކްޓް އިމްޕްލިމެންޓް ކުރެވެވެނީ އާރް.ޓީ.އައި އިންޓަނޭޝަނަލްގެ އެހީގައެއެވެ.
+1
+1
ޚިޔާލުތައް