A wide advertisement which will be shown on all devices. (700 x 100)

‘ރަށި ބާޒާރޮ 2023’ ނިންމާލައިފި

ރަށި ބާޒާރޮ 2023 ކޮންމެ ރެއަކުވެސް ފޯރީގައި ކުރިޔަށް ދިޔަ

ފުވައްމުލައް ސިޓީގައި ކުރިޔަށްގެންދިޔަ ‘ރަށިބާޒާރޮ 2023’ ނިންމާލައިފި ކަމަށް މައުލޫމާތު ލިބެއެވެ. މިރޭ ނިންމުމަށް ކުރިން ހަމަޖައްސާފައި އޮތް ރަށި ބާޒާރޮ މިއަދު ނިންމާލީ މޫސުން ތަން ނުދޭތީ އެވެ.

ނައިޓް މާކެޓް ބޭއްވުމަށް ހަމަޖެހިފައި އޮތީ 3-8 ފެބްރުއަރީ އަށެވެ. މެދުތެރެއިން އެއްދުވަހު ނުބާއްވާތީ އާއި ސްޓޯލްތަކުގެ މެދުގައި ނެގި ވޯޓުން އިތުރު ރެއަކު ނައިޓްމާކެޓް ކުރިޔަށް ގެންދިއުމަށް  ނިންމާފައި ވެއެވެ. ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން އިތުރުކުރި ދުވަސް މިވަނީ އަލުން ކެންސަލް ކުރެވި ރަށި ބާޒާރޮ ނައިޓްމާކެޓް އެއްކޮށް ނިންމާލާފައެވެ.

ރަށި ބާޒާރޮ 2023 ކޮންމެ ރެއަކުވެސް ފޯރީގައި ކުރިޔަށް ދިޔަ

ރެއިން ފެށިގެން މިއަދު ވެސް ފުވައްމުލައް ސިޓީއަށް އަންނަނީ ވިއްސާރަވެ ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުންނެވެ.

މިކަލް ނޫހާއި ވާހަކަ ދެއްކި ނައިޓް މާކެޓްގެ ސްޓޯލަކުން ބުނެފައިވަނީ މިފަދަ ކަމަކަށް މިމުއްދަތު ކުރުކަމަށެވެ. ގިނަ މަސައްކަތްތަކެއް ކޮށްގެން ސްޓޯލްތައް ތައްޔާރު ކުރުމަށްފަހު މިހާ ކުޑަ ދުވަސްކޮޅަކު މާކެޓްގެ ދުވަސްތައް އޮތުމުން އެދެވޭ މަންފާއެއް ނުލިބޭ ކަމަށެވެ. އަސްލު ނައިޓް މާކެޓްގައި މިލިބުނީ 4 ދުވަސް ކަމަށެވެ. އެއީ ރޭ (8 ފެބުރުއަރީ 2023) ގައި ވެސް މާކެޓަށް މީހުން އެދެވޭ ވަރަކަށް ވަންނަން ފެށި ވަގުތު (21:40) ވާރޭ ވެހުމުގެ ސަބަބުން، ރޭގެ މާކެޓްގެ ވަގުތު ވެސް ގެއްލިގެން ދިޔައި ކަމަށެވެ. އެއާއެކު ރޭގައި ވިޔަފާރިތައް ވަރަށް ދަށް ކަމަށެވެ.

މިހާ ކުރު މުއްދަތެއްގައި ބާއްވާއިރު މާކެޓުން ކަރަންޓު ދިއުން ފަދަ ކަންކަމުގެ ސަބަބުން ވިޔަފާރިއަށް ވަރަށް ބޮޑަށް ހުރަސް އެޅިގެން ދާކަމަށް މިކަލް ނޫހާއި ވާހަކަ ދެއްކި އެހެން ސްޓޯލެއްގެ ވިޔަފާރިވެރިއަކު ބުންޏެވެ. ފަސް ދުވަހަށް ދެމިގެން ދިޔަ މިމާކެޓްގައި އެއްދުވަހު ކަރަންޓުގެ މައްސަލަ އަނެއްދުވަހު ވާރޭވެހުމާއި ކަރަންޓުގެ މައްސަލް އެއްކޮށް ދިމާވެފައި ވެއެވެ.

ރަށި ބާޒާރޮ 2023 ކޮންމެ ރެއަކުވެސް ފޯރީގައި ކުރިޔަށް ދިޔަ

މިއީ ފުވައްމުލަކުގައި މިގޮތަށް ބޭޢްވި ފުރަތަމަ މާކެޓް ކަމަށް ވުމުން ވިޔަފާރިވެރިންގެ އޮތީ ދެބައިވެފައިވާ ޚިޔާލުތަކެކެވެ. އެއްބަޔަކު ބުނަނީ މިމާކެޓުގައި ބައިވެރިވެގެން އެދެވޭ ފައިދާއެއް ނުލިބުނު ކަމަށެވެ. ކުރި މަސައްކަތާއި އެކަށޭނަ ވިޔަފާރިއެއް ނުހިނގި ކަމަށެވެ.

އަނެއްބަޔަކު ބުނަނީ މިއީ ކުރަން ހަމަ ރަނގްޅު ކަމެއް ކަމަށެވެ. ވިޔަފާރިތައް ވެސް އެކަށީގެންވާ މިންވަރަކަށް ކުރެވުނު ކަމަށެވެ. އޭނާ ހާމަކުރި ގޮތުގައި ބައެއް ރޭ ރޭ، ރޭގަނޑު 8-11އަށް ވާ 3 ގަޑި އިރުތެރޭގައި 7000-10000 ރުފިޔާ ލިބުނު ސްޓޯލްތައް އެބަހުރި ކަމަށެވެ. ވުމާއެކު ވިޔަފާރި ގޯހެކޭ ނުބުނެވޭނެ ކަމަށެވެ.

އެހެން ވިޔަފާރިވެރިއަކު ބުނި ގޮތުގައި ބޮޑެތި ވިޔަފާރިތަކަށް މާބޮޑު ފައިދާއެއް މިމާކެޓުން ނުލިބޭ ކަމަށާއި އޮންލައިން ވިޔަފާރިތަކަށް ފައިދާ ކުރި ކަމަށެވެ.

ރަށި ބާޒާރޮ 2023ގައި ކޮންމެ ރެއަކުވެސް ގުރުއަތުން އިނާމު ދިނުން ބޭއްވި

‘ރަށިބާޒާރޮ 2023’ ނައިޓް މާކެޓް ބައްވާފައި މިވަނީ 3-8 ފެބުރުއަރީ (4 ނުހިމަނައި) 5 ދުވަހު ފުވައްމުލަކު އިޖުތިމާއީ މަރުކަޒުގެ ހުސްބިމުގައެވެ. މާކެޓްގައި އިންތިޒާމު ކުރި ފުވައްމުލަކު އަންހެންނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ސިޓީ ކައުންސިލުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މާކެޓުގެ ތައްޔާރީތަކުގެ އިތުރުން ކޮންމެ ރެއަކުވެސް ސައުންޑް ސިސްޓަމް ބޭނުންކޮށްގެން މާކެޓްގައި ބައިވެރިވި ވިޔަފާރިތައް އިސްތިހާރު ކުރުމަށް ތަކުރާރުކޮށް ކޮންމެ ރެއަކުވެސް މަސައްކަތް ކުރަމުން ގޮސްފައި ވެއެވެ. އަދި ކޮންމެ ރެއަކުވެސް މާކެޓަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވައި ގިނަ އިނާމުތަކެއް ދީފައި ވެއެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !