ފެނާއި ނަރުދަމާ އިން ފެނާއި ނަޖިސް ރަށުން ބޭރުކުރާ ހޮޅި އެއްގަމާއި ދިމާލަށް ފަރުމަށްޗަށް އެއްލާލައިފިއެވެ.
ފެނަކަ-ފުވައްމުލައް އިން ބަލަހައްޓަމުން އަންނަ، ރަށުން ފެނާއި ނަޖިސް ބޭރުކުރާ މިހޮޅި މިހާރު އޮތީ ރަށާއި ދިމާލަށް އެއްލާލާފައެއވެ. އެމަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ކްލިޕެއް ވެސް ފޭސްބުކްގައި އަންނަނީ ދައުރުވަމުންނެވެ. ހޮޅިން އަންނަ ފެނާއި ނަޖިސް ކަނޑުގެ ލޮނުގަނޑާއި އެއްވި ނަމަވެސް އެހިސާބުގެ ލޮނުގަނޑުގެ ކުލަތަފާތުކަން ސާފުކޮށް އެނގެއެވެ.
މިއީ ހާންޖެއެޅާއި އާއި ފީނދިފަންނާއި ދެމެދުން ރަށުގެ ފަރުން ބޭރަށް ފެނާއި ނަޖިސްން ބޭރުކުރުމަށް ފނަރުދަމާ ނިޒާމާއެކު އަޅާފައިވާ ހޮޅިއެކެވެ. ނަމަވެސް މިހާރު ހޮޅީގެ ނިމޭކޮޅު ހަރުކޮށްފައިވާ މުޑިތަކުން ނެއްޓި ރަށާއި ދިމާލަށް ހޮޅީގެކޮޅު ވަނީ އެއްލާލާފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެވަގުތު ވެސް ހޮޅިން އަންނަނީ ފެނާއި ނަޖިސް ފަރުމައްޗަށް ބޭރުކުރަމުންނެވެ.
ރަށުގެ ހުޅަނގު ދެކުނު ބިތުގައި އޮތް މިހޮޅިއަކީ ފުވައްމުލަކުގެ ނަރުދަމާ ނިޒާމުން ފެންބޭރުކުރަމުން އަންނަ ހަމައެކަނި ހޮޅިއެވެ. މިހޮޅިން ބޭރުކުރަނީ ޕަމްޕް ސްޓޭޝަނަށް ޖަމާކުރެވޭ ފެނާއި ނަޖިސް ޓްރީޓްކޮށް އެއިގެ ގެއްލުން ކުޑަކުރުމަށް ފަހުގައި ކަމަށް މިކަލް ނޫހަށް މައުލުމާތު ލިބެއެވެ.
މި ހޮޅިން ފަރުމައްޗަށް ފެންއެޅި އެއިގެ ގެއްލުން ފަރަށް ކުރާނެ ކަމަށް ކޮމެންޓް ކުރާ ބައެއް ފަރާތްތަކުން އަންނީ ބުނަމުންނެވެ. އަދި އެންވަޔަރޮމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިކަން ބަލައި ފިޔަވަޅު އަޅަން ޖެހޭނެކަމަށް ވެސް ބައެއް މީހުން ބުނެއެވެ.
މިހޮޅި ފަރުމައްޗަށް އެއްލާލާފައިވާ ކަމުގެ މައުލޫމާތު ފެނަކަ އަށް ލިބިފައިވާކަން އެފަރާތުން ހާމަކޮށްފައެއް ނުވެއެވެ. މިހޮޅި އޮތް ސަރަހައްދުގައި އެމައްސަލަ ހައްލުކުރުމަށް އެއްވެސް ފަރާތަކުން ހަރަކާތްތެރިވަމުނެއް އަދި ނުދެއެވެ.
ޚިޔާލުތައް