A wide advertisement which will be shown on all devices. (700 x 100)

ސައުތު އޭޝިއަން ރީޖަނަލް ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމީ ޓީމުގައި ޒާއިމް ހިމެނިއްޖެ

TT

ސައުތު އޭޝިއަން ޔޫތު ޓެބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމީ ޓީމުގައި ފުވައްމުލަކު ސިޓީގެ ޒުވާން ޓޭބަލް ޓެނިސް ތަރި ޒާއިމް ހިމެނިއްޖެއެވެ. ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި މިމަހު 24 އިން 27 އަށް ކުރިއަށްދާ ސައުތު އޭޝިއަން ޔޫތު ޓެބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ވާދަކުރާ ދިވެހި ޓޭބަލް ޓެނިސް ކުޅުންތެރިން ނޭޕާލަށް ފުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ.

މިމުބާރާތުގައި ރާއްޖެއިން ވާދަކުރަނީ 15 އަހަރުން ދަށުގެ ޓީމުގެ އިތުރުން 19 އަހަރުން ދަށުގެ ޓީމެވެ. މި މުބާރާތާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތުދެއްވަމުން ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ސެކްރެޓަރީ ޖެނެރަލް ރިޝާން މުޙައްމަދު ވިދާޅުވީ މި މުބާރާތުގައި ވާދަކުރުމަށް ދެ ޓީމުންވެސް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ. މި މުބާރާތަށް ޓީމު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށާއި، އުއްމީދަކީ މެޑެއްޔެއް ހޯދުން ކަމަށްވެސް ރިޝާން ވިދާޅުވިއެވެ. “މެޑެއްޔަކަށް ޓާގެޓް މިކުރަނީ. ވަކި ކުލައެއް ނެތް. އިރާދަކުރެއްވިއްޔާ އުއްމީދަކީ ޕޯޑިއަމް ފިނިޝްއެއް (މުބާރާތުގެ ގަދަ ތިނަކުން ޖާގައެއް ލިބުން).” ރިޝާން ބުންޏެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !