A wide advertisement which will be shown on all devices. (700 x 100)

ފަށާ މަދަދު ލޯން ސްކީމްގެ މަޢުލޫމާތު ސެޝަނެއް ކުރިއަށް ގެންގޮސްފި

އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ފަށާ މަދަދު ލޯން ސްކީމްގެ މަޢުލޫމާތު ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މިި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި އެސްޑީއެފްސީ ގުޅިގެން ވިމެން އޮންޓަޕިރިނުއަރ އެސޯސިއޭޝަނަން މޯލްޑިވްސް (WEAM)ގެ މެންބަރުންނަށް ޚާއްސަ ކޮށްގެންނެވެ.

ފަށާ މަދަދު ލޯނު ސްކީމަކީ، ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ޚާއްސަ ލޯނު ސްކީމެއް ތަޢާރަފްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވެލެއްވި ވައުދުފުޅާއި އެއްގޮތަށް އެސްޑީއެފްސީ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ގުޅިގެން ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލާފައިވާ ލޯން ސްކީމެކެވެ.

މި ލޯނު އަމާޒު ކުރެވިފައިވަނީ އަލަށް ފަށާ ވިޔަފާރިތަކަށާއި، ހިނގަމުންދާ ވިޔަފާރިތަކުގެ ތެރެއިން އަހަރީ އާމްދަނީ 1 މިލިއަން ރުފިޔާއަށްވުރެ އިތުރު ނުވާ ވިޔަފާރިތަކަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !