A wide advertisement which will be shown on all devices. (700 x 100)

އިންޖީނު ހުއްޓުނު ދޯންޏެއްގައި ތިބި މީހުން، ކޯސްޓްގާޑުގެ އެހީގައި ޅ.ނައިފަރަށް ގެންގޮސްދީފި

މާލެއިން ފުރައިގެން ޅ.ނައިފަރަށް ދަތުރުކުރި “ލައިފްލައިން” ނަމަކަށް ކިޔާ ބޯޓެއް، ކާށިދޫގެ އިރުން އިންޖީނު ހުއްޓުމާ ގުޅިގެން، އެ އުޅަނދުގައި ތިބި މީހުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ޅ.ނައިފަރަށް ގެންގޮސްދީފިއެވެ.

40 މީހުންނާ އެކު މާލެއިން ފުރައިގެން ޅ.ނައިފަރަށް ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓި ހާލުގައި ޖެހިގެން މި ބޯޓުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދިފައިވަނީ މިއަދު ހެނދުނު 08:15 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްްޓްގާޑު ފަސްޓް ސްކޮޑްރަންގެ ދެ ހާބަރކްރާފްޓް ލޯންޗާއި، އެމްއެންޑީއެފް ގަލްފްކުރާފްޓް ލޯންޗެއް ވަނީ އެ ސަރަހައްދަށް ގޮސް ހާލުގައި ޖެހުނު ބޯޓަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން އޭގައި ތިބި މީހުންގެ ތެރެއިން 9 ކުޑަކުދިންނާއި، 6 އަންހެނުން އަދި 10 ފިރިހެނުން، އެމްއެންޑީއެފް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗާއި، ކޯސްޓްގާޑުގެ ގަލްފްކްރަފްޓް ލޯންޗުގައި ވަނީ މިއަދު 13:10 ހާއިރު ޅ.ނައިފަރަށް ގެންގޮސްދީފައެވެ. މި އެންމެންގެ ހާލު ވެސް ރަނގަޅެވެ.

އިންޖީނު ހުއްޓުނު “ލައިފްލައިން” ބޯޓު، އެހެން އުޅަނދެއްގައި ކަފުޖަހައިގެން ނައިފަރު ބަނދަރަށް ވެއްދުމަށް ދަނީ ދަތުރުކުރަމުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !