ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ “ލެބިރިންތް” އާޓް އެގްޒިބިޝަން ފަށައިފިއެވެ.
މާދަމާ ރޭގެ ނިޔަލަށް ކުރިއަށްދާ މި އާޓް އެގްޒެބިޝަންގައި ޖުމްލަ 34 ޒުވާނުންވަނީ ބައިވެރިވެފައެވެ.
ނެޝަނަލް އާޓް ގެލެރީގައި ބާއްވާފައިވާ މި އާޓް އެގްޒިބިޝަން ހުޅުވާފައި ހުންނާނީ ހެނދުނު 10:00 އިން ރޭގަނޑު 10:00އަށެވެ.
މިދިޔަ އަހަރުވެސް ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން މިނިސްޓްރީގެ ފަރާތުން ވަނީ “ޝޭޑްސް އޮފް މައިންޑް”ގެ ނަމުގައި އާޓް އެގްޒިބިޝަންއެއް ބާއްވާފައެވެ.
ޖުމްލަ 51 ޒުވާނުން މި އާޓް އެގްޒެބިޝަންގައި ބައިވެރިވިއިރު މި އެގްޒިބިޝަން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ކެޓްލޮގް ވަނީ ހަވާލުކޮށްފައެވެ.
ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން މިނިސްޓްރީގެ ފަރާތުން އާޓް އެގްޒިބިޝަނެއް ހުޅުވާލުމުގެ މައިގަނޑު މަގްސަދަކީ، ފަންނުވެރިކަމުގެ ތެރެއިން ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަން ގެނެސްދިނުމެވެ.



ޚިޔާލުތައް