A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު މަސްމާރުކޭޓް ވަގުތުން ބެލޭނެ ގޮތް ހަދައިފި

ލައިވް ކެމެރާ މެދުވެރިކޮށް ކޮންމެ މީހަކަށްވެސް ފުވައްމުލަކު މަސްމާރުކޭޓް ބެލޭނެގޮތް ފުވައްމުލަކު ސިޓީ ކައުންސިލުން ހަދައިފިއެވެ. “ސިޓީ ކޭމް” ލޭބަލްގެ ދަށުން މި ޚިދުމަތް ރަސްމީކޮށް ފަށާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ.

މި އިންތިޒާމުގެ ދަށުން، މަސްމާރުކޭޓުގައި ހަރުކޮށްފައިވާ ކެމެރާތަކުގެ އެހީގައި މާރުކޭޓުގެ މަންޒަރުތައް ސިޓީ ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް ލައިވްކޮށް ބަލާލެވޭނެ އެވެ. މިއީ ސްމާޓް ސިޓީއެއްގެ ވިސްނުމުގެ ދަށުން ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އާންމުންނަށް ފަސޭހަތައް ހޯދައިދިނުމަށް ކުރާ މަސައްކަތެއް ކަމަށް މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވި އެވެ.

ލައިވްކޮށް ބެލޭނެ ލިންކް:

ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ މިދިޔަ ޖެނުއަރީ މަހު ރަށުގެ ހާއްސަ ޑިޖިޓަލް ޗާޓެއް ވެސް އިފްތިތާހުކޮށްފަ އެވެ. ކައުންސިލްގެ މުވައްޒަފުން ތައްޔާރުކުރި މި ޗާޓުން ރަށުގެ ހައި ރިޒޮލިއުޝަން ސެޓަލައިޓް މަންޒަރުތަކާއި، ގޭގެ އާއި ވިޔަފާރިތަކުގެ ލޮކޭޝަންތައް ފެންނަން ހުރެ އެވެ. މި ޗާޓަކީ ޕްލޭނިން މަސައްކަތްތަކަށާއި ކުދި ސާވޭތަކަށް ބޭނުންކުރެވޭނެ މުހިންމު ވަސީލަތެކެވެ.

+1
1
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !