ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެމަގާމުން މިއަދު ވަކިކޮށްފިއެވެ. ޑިސެމްބަރު 23، 2024 ގައި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވި ނަޖާހު އެގާމުން ވަކިކުރެއްވި ސަބަބެއް ހާމަކުރައްވާފައެއްނުވެއެވެ. ނަޖާހުގެ އެމްޑީ ކަމުގެ މަގާމުގައި ފުވައްމުލަކުގެ ފެނުގެ މައްސަލަތައް ދިމާވެ މުޅި ފުވައްމުލައް ފެނަށް ޖެހުނެއެވެ. އަދި އައްޑޫގެ ކަރަންޓް މައްސަލަ ހައްލުނުކުރެވި ގިނަ ދުވަސްތަކެއް ދިމާވެ ބޮޑެތި ފާޑުކިއުންވެސް ކުރިމަތިވިއެވެ.
ލޮޖިސްޓިކްސް ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ހ. ޔެލޯ ރޯޒް ނަޖާހު ވަނީ 21 އަހަރު ވަންދެން ސިފައިންގޭގައި ހިދުމަތް ކުރައްވައިފަ އެވެ. އޭނާ ވަނީ ލޮޖިސްޓިކްސް މެނޭޖުމަންޓުގެ ދާއިރާ އިން މާސްޓާސް ވެސް ހައްދަވައިފަ އެވެ.
+1
+1


ޚިޔާލުތައް