A wide advertisement which will be shown on all devices. (700 x 100)

ހުކުމެއްގައި ނޫން ގޮތަށް ޖަލަށްލާފައި ތިބި ސިޔާސީ މީހުން ދޫކޮށްލައިފި

އެމްޕީ އިލްހާމު ވަނީ މިރޭ ދޫކޮށްލާފައި

ހުކުމެއްގައި ނޫން ގޮތަށް ޖަލަށް ލާފައި ތިބި ސިޔާސީ މީހުން ދާދި ދެންމެއަކު ކުރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ. އެގޮތުން މިރޭ ދޫކޮށްލާފައި ވަނީ ރައްޔިތުންގެ މަޖުލީހުގެ ދަނގަތީ ދާއިރާގެ މެންބަރު އިލްހާމު އަހުމަދާއި މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު ސިނާނު އާއި ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާގެ ފިރިކަލުން ނަދީމާއި އަދި ކުރީގެ ކަމިޝަނަރ އޮފް ޕޮލިސް އަރީފުއެވެ. މީގެއިތުރުން ހުކުމް ތަންފީޒުކޮށް ނިމުމުން ވެސް ދޫނުކޮށް ޖަލުގައި ބަންދުކޮށްފައި ހުރި ކިނބިދޫ ދާއިރާގެ މަޖުލިސް މެންބަރު އަބްދުﷲ ރިޔާޒު އާއި ޑިޕާޓުމެންޓު އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ކުރީގެ އެޑްމިނިސްޓްރޭޓަ ހަސަން ސައީދު  ވެސް މިއަދު ހަވީރު ވަނީ ދޫކޮށްލާފައެވެ.

މިއަދު ހަވީރު ރައީސް މައުމޫނާއި ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫނާއި ކުރީގެ އުއްތަމަ ފަނޑީޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލި ހަމީދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ފަހު އަލުން ވަނީ ޖަލަށް ގެންގޮސްފައެވެ.

ރައީސް މައުމޫނުގެ ވަކީލު މައުމޫނު ހަމީދު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރީ މާކުރިން ކޮށްފައިވާ އިލްތިމާސެއްގައި ކަމަށެވެ. ބަންދާއި މެދު ގޮތެއް ނިންމަށް އިލްތިމާސްކޮށްްފައިވާ އެމައްސަލާގައި ކަމަށް ވިޔަސް އެމީހުން ހުކުމެއްގެ ބަންދުގައި ތިބުމުން އެމައްސަލަ ނުބަލާ އަލުން ވަނީ ޖަލަށް ފޮނުވާލައްވާފައެވެ. އެބޭފުޅުން އަލުން ޖަލަށް ފޮނުވާލެއްވީ ވަގުތު ނެތގެން ކަމަށް ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ވިދާޅުވި ކަމަށް މީޑީއާއަށް މައުލޫމާތު ދެއްވަމުން މައުމޫނު ހަމީދު ވިދާޅުވިއެވެ.

ރައީސް މައުމޫނުގެ ފަރާތުން އެދިފައި ވަނީ އެމީހުންގެ ބަންދާއިމެދު އެ ކޯޓުން ކުރިން ނިންމަވާފައިވާ ނިންމުމެއް އަލުން މުރާޖާ ކޮސްދެއްވުމަށް ކަމަށާއި އެކަން އެގޮތަށް ކުރެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ. އަދި ގާނޫނީ ވަކީލުން ދެކިވަޑައިގަންނަވާ ގޮތުގައި ކްރިމިނަލް ކޯޓަށް އެކަން މުރާޖާ ކުރެއްވޭނެ ކަމަށާއި އެބޭފުޅުން ހާޒިރުކުރެވިފައި ވަނީ އެވިސްނުމުގައި ކަމަށް ދެކޭ ކަމަށެވެ. އެބޭފުޅުން އަނބުރާ ފޮނުވާލެއްވީ ކޯޓަށް ހާޒިރު ކުރެއްވުމަށް ފަހު 5 ގަޑިއެއްހާއިރު ކޯޓުގައި ބޭތިއްބުމަށް ފަހު ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވ އަލުން ވަނީ ޖަލަށް ފޮނުވާލައްވާފައެވެ.

މައުމޫނާއި އުއްތަމަ ފަނޑިޔާރު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މައްސަލަ ހައިކޯޓަށް ހުށަހަޅަފައި ކަމަށް ވަކީލު މައުމޫނު ހަމީދު ވިދާޅުވިއެވެ.

މެންބަރު އިލްހާމު ދޫކޮށްލުމުން ކްރިމިނަލް ކޯޓުގެ ބޭރުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޖަލުގައި އޮންނަން ޖެހުނީ ވަރަށް ދަތިހާލުގައި ކަމަށެވެ. އަދި ރޭގަނޑު ނިދާން ހުރި ތަޅުމުން ހަދާފައިވާ އަށްޓެއްކަމަށާއި ނިދާއިރު ވެސް މާކަރީ ލައިޓެއް ދިއްލާފައި ހުރުމުން ނިދަން ވެސް އުނދަގޫ ވިކަމށާއި ފާޚާނާ ކުރަން ވެސް ވަރަށް ދަތި ވިކަމަށެވެ.

އިއްޔެގެ ވޯޓު އޮޅުވާލަން ވަރަށް ގިނަ ރޭވުން ތަކެއް ސަރުކާރުގެ ފަރާތުން ރާވާފައވާ ކަމަށާއި ނަމަވެސް މީީޑިއާގެ ހުށިޔާރުކަމުން އެކަން ނުވީކަމަށް ވިދާޅުވެ މީީޑިއާތަކަށް ޝުކުރު ދެންނެވިއެވެ.

މިރޭ ދޫކޮށްލެއްވި ނަދީމު ވިދާޅުވި އިސްލާހީ މަސައްކަތުގައި އަދިވެސް އުޅުއްވާނެ ކަމަށާއި އިއްޔެ އިންތިޚާބުވި އިބްރާހިމް މުޙައްމަދު ސޯލިޙާއި ރަނިން މެޓް ފައިސަލް ނަސީމަށް މަރުހަބާ ދަންނަވާ ކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !