A wide advertisement which will be shown on all devices. (700 x 100)

ކޯލިޝަން ޕާޓީތަކަށް މަޖުލިސް ގޮނޑިތައް ބަހާނީ ކޮން ގޮތަކަށް؟

މަޖުލިސް އިންތިޚާބަށް ކޯލިޝަން ޕާޓީތަކުން ނިކުންނާނީ ކޮން އުސޫލަކުން ބާ؟

މާދަމާ ރިޔާސީ ހުވާ ކުރާ ކޯލިޝަން ސަކުރުގައި ހިމެނޭ ޕާޓީތަކުން އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖުލީހުގެ ގޮނޑިތައް ބާހާނެ ގޮތަކާއިމެދު ވަކި ގޮތަކަށްް އެއްބަސްވެފައި ވާކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދެއެވެ. އެގޮތުން ކޯލިޝަން ޕާރޓުނަރުގެ ގޮތުގައި ހިމެނޭ އަދާލަތު ޕާޓީއާއި މައުމޫން ރިފޯމް މޫވްމެންޓުން އެގޮތަށް ދެކޭ ކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ.

ނަމަވެސް އެމްޑީޕީ އަދި ޖޭޕީއިން މިކަމުގައި ވަކި އެއްޗެއް ބުނެފައި ވާކަން އެގޭކަން ނެތެވެ. ހަމަ މިއާއެކު މަޖުލީހުގެ ގޮނޑުި ގެއްލުނު ކަމަށް ކުރިން ކަނޑައެޅި 12 މެންބަރުންނަށް ޕްރައިމަރީއަކާއި ނުލައި މަޖުލިސް ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު ކޯލިޝަން ތެރެއިން ހޯދުމަށް އެފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި މިކަމަށް ކޯލިޝަން ލީޑަަރުން އެއްބަސްވެފައިވާ ކަމަށް އެމީހުންގެ ތެރެއިން ބައެއް މީހުން ބުނެއެވެ. އެއްބަސްވެފައި ވަނީ އެކަމަށް މައަސައްކަތް ކުރަން ކަމަށް މައުމޫނު އަދި އަންނިގެ ޓްވީޓްތަކުން ވަނީ ހާމަވެފައެވެ.

ބާރަ މެންބަރުނަށް މަޖުލިސް ގޮޑިއަށް ކޯލިޝަން ތެރެއިން ވާދަކުރުމަށް ކޯލިޝަން ލީޑަރުންގެ މެދުގައި ވާހަކަ ދެކެވުނު ކަމުގައި ވިޔަސް ވަކި ގޮތެއް ނިންމިފައި ނުވާކަމަށް މަައުލޫމާތު ލިބިފައިވެއެވެ. ދެން އޮތީ ކޯލިޝަން ޕާތީތަކަށް މަޖުލިސް ގޮނޑިތައް ބެހުމަށް ވަކި ގޮތެއް ނިމިފައިވޭތޯ ނުވަތަ ނޫން ތޯ ކުރެވޭ ސުވާލެވެ.

ކޯލިޝަން ސަރުކާރުގެ ސިޔާސީ މަގާމުތައް ޕާތިތަކުގެ މެދުގައި ހިއްސާ ކުރާ ގޮތްކަމަށް މީޑިއާގައި އާއްމު ވެފައިވަނީ:

އެމްޑީޕީ %40  މެމްބަރުން 29008

ޖޭޕީ %25    މެމްބަރުން 10090

އެމްއާރުއެމް %20 މެމްބަރުން  –

އަދާލަތު ޕާޓީ %15 މެމްބަރުން 6795

މިހާރު މީޑިއާގައި ބުނާ އިންސައްތައިން ކޯލިޝަަން ޕާޓީތަކުގެ މެދުގައި ރައްޔިތުންގެ މަޖުލީހުގެ 87  ގޮނޑި ބަހައިފިނަމަ ކޮންމެ ޕާޓީއަކަށް ލިބިގެން ދާނީ:

އެމްޑީޕީ 35

ޖޭޕީ 22

އެމްއާރުއެމް 17

އަދާލަތު ޕާޓީ 13

ނަމަވެސް މިގޮތަށް މަޖުލިސް ގޮނޑިތައް ކޯލިޝަން ޕާޓީތަކަށް ބަހާލުމަށް އެމްޑީޕީގެ ގިނަ މެންބަރުން ދެކޮޅެވެ. އއެމްޑީޕީގެ އާއްމު މެންބަރުން ބުނާ ގޮތަގައި ކޯލިޝަން ޕާރޓްނަރުްނެގ މެދުގައިވެސް މަޖުލިސް ގޮނޑިތައް ބަހާލަން ޖެހޭނީ އެޕާޓީއެއްގެ ތާއްިދު ބޮޑު އިންތިޚާބީ ދާއިރާއެއް އެޕާޓީއަކަށް ލިބޭ ގޮތަށް އެކަންޏެވެ.

“މިސާލަކަށް ކޯލިޝަން ޕާޓްނަރުންގެ ތެރެއިން އެސަރަހައްދެއްގައި ތާއިދު އެންމެ ބޮޑު ޕާއަދާލަތު ޕާޓީއަކުން އެއިންތިޚާބީ ދާއިރާއަކަށް ކުރިމަތި ލާގޮތަށް ނިންމަން އާއމު މެންބަރުން ވެސް އެއްބަސް ވާނެ. އެކަމަކު އެމްޑީޕީ ނުވަތަ ޖޭޕީގެ ތާއިދު ބޮޑުކޮށް އޮންނަ ދާއިރައަކުން އަދާލަތު ޕާޓީގެ ކެންޑިޑޭޓަކު ނެރޭނަމަ އެގޮނޑިއެއް ކާމިޔާބު ނުވާނެ. އެއި ބަލައިގަނެވޭނެ އުސޫލެއް ނޫން” އެމްޑީޕީގެ ކެމްޕެއިނަރަކުން ބުންޏެވެ.

ބައެއް މީހުން ބުނާގޮތުގައި މިހާރު ދީފައިވާ އިންސައްތައިން ބެލުމަށް ވުރެ ކޮންމެ ޕާޓީއެއްގެ އާއްމު މެމްބަރުންގެ ނިސްބަތުން  ގޮނޑިތަކަށް ކުރިމަތިލާ ގޮތަށް ހެދިޔަސް މާ ރަނަގަޅުވާނެ ކަމަށެވެ. އެއީ އިންތިޚާބުގައި ވޯޓު ލާނީ އާއްމު މެންބަރުން ކަމަށް ވާތީކަމަށެވެ.

އެމްޑީޕީ 47 – މެމްބަރުން 29008

ޖޭޕީ 16 – މެމްބަރުން 10090

އެމްއާރުއެމް 13  (ޖޭޕީގެ މެންބަރުންގެ ނިސްބަތުން އެމްއާރުއެމަށް ވާ 8072

އަދާލަތު ޕާޓީ 11 – މެމްބަރުން 6795

ނަމަވެސް މިގޮތަށް ވެސް އާއްމު މެންބަރުން އެއްބަސްވާނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

ކޯލިޝަން ޕާޓީތަކުން ކނަޑައާޅފައިވާ ކަންތައތް ކުރުމަސ ްމަޖުލީހުގެ ސުޕަ މެޖޯރިޓީ ހޯދަން ޖެހެއެވެ. މިކަން ހާސިލުކުރެވޭނީ ކޯލިޝަން 4 ޕާތީން ވެސް އެއްބަރުލުން ދިގެން ޔަން ގަބޫލުކުރަން ޖެހެއެވެ.

އެއްބަސްވުމަކަށް ނާދެވި ކޮންމެ ޕާޓީއަކުން ވެސް ވަކިން މަޖުލީހަށް ނުކުންނަ ނަމަ މަޖުލީހުގެ ސުޕަރ މެޖޯރިޓީ ނުލިބި ގާނޫނު އަސާސީއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ކާމިޔާބުކުރަން އުނދަގޫވާނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !