ވިލާ އެއަރގެ ފްލައިމީ ގެ ދަތުރުތައް އަލުން ފުވައްމުލަކަށް ފެށި ރޭގައެވެ. ރޭގައި އަލުން ފެށި ފްލައިމީގެ ދަތުރު މާލެއިން 18:30 ގައި ފުރައގެން ސީދާ ފުވައްމުލަކަށް ދިޔައީ ރޭގަޑު 20:50 ގައެވެ.
ފަލައިމީގެ ދަތުރުތައް ފުވައްމުލަކަށް ފެށުމާއި އެކު ފުވައްމުލަކުގެ ގިނަ ރައްޔިތުްނނަށް ދަތުރުފަތުރު ކުރުމުގައި ހިތްހަމަޖެހުމެއް ލިބި އުފާވެރިކަން އިހުސާސު ވެގެން ދިޔައެއެވެ.
ފްލައިމީގެ ދަތުރުތައް ފުވައްމުލަކަށް އެންމެ އަގު ހެޔޮ ފެއަރ އިން ލިބެނީ 999 ރުފިޔާއަށެވެ. ނަމަވެސް އެއީ އެންމެ ފުރަތަމަ ޓިކެޓެ ގަންނަ 10 ފަރާތަކަށެވެ. އެއިގެ ފަހުން ގަންނަ ފަރާތްތަކަށް 1065 ރުފިޔާއިން ފެށިގެން 1395 ރުފިޔާ އާއި ދެމެދުގެ އަގުތަކުގައި ޓިކެޓް ލިބެން އެބަހުއްޓެވެ.
އަލުން ދަތުރުތައް ފެއްޓިއިރު ފްލައިމީ އިން ވަނީ އޮންލައިންކޮށް ވެސް ޓިކެޓި ގަނެވޭ އޮންލައިން ބުކިން ސިސްޓަމެއް ގާއިމު ކޮށްފައެވެ.
ޕްރއިވެޓް އެއަރ ލައިނެއްކަމަށްވާ ވިލާ އެއަރގެ ފްލައިމީގެ ދަތުރުތައް ފުވައްމުލަކަށް ފެށުމުން ދައުލަތުގެ ކުންފުނި އައިލެންޑް އޭވިއާޝަންގެ މޯލްޑިވިއަންގެ މޮނޮޕޮލީ ގެއްލޭނެއެވެ. މީގެ ކުރިން ވެސް ފްލައިމީގެ ދަތުރުތައް ފެށުމުން މޯލްޑިވިއަން އަށް ވެސް ޖެހުނީ އެތެރޭގެ ދަތުރުތަކުގެ އަގު ހެޔޮކުރާށެވެ.



ޚިޔާލުތައް