ކުއްލިއަކަށް ވަށުވެވުގައި ހުރި ހުރިހާ މައްސަތް މަރުވެއްޖެއެވެ. ފުވައްމުލަކުގެ ތާރީޚީ ތަނެއް ކަމުގައިވާ ‘ވަށު ވެވު’ ގައި ހުރި މަސްތައް މަރުވަގެން މިއަދު ވަނީ ނަގާފައެވެ. މިމަސްތައް ވެވުން ނަގާ ސާފުކުރީ މިއަދު ހެނދުނު ދޫނޑިގަމު އަވަށުގެ ޒުވާނުންގެ ބައެކެވެ.
ދޫނޑިގަމު އަވަށުގައި ހުންނަ މިވެވު ވަރަށް ފަހުން ސާފުކޮށް ބަލަހައްޓަމުން އައީ އެއަވަށުގެ ޒުވާނުންނެވެ. ވެވު ސާފުކުރުމަށް ފަހު އެވެވަށް ވަނީ ޓޭންކްގައި ގެންގުޅޭ އެކިވައްތަރުގެ މަސްތައް އަޅާފައެވެ.
މިއީ ބަޔަކު ގަސްދުގައި ކޮށްފައި ހުރި ކަމެއް ކަމަށް ދޫނޑިގަމު އަވަށުގެ ޒުވާން އަންހެން ކަނބަލަކު ތުހުމަތު ކުރިއެވެ. އޭނާ ހާމަކުރި ގޮތުގައި އެގޮތަށް ތުހުމަތު ކުރެވެނީ “ހަމަ ހުރެފައި ކުއްލިއަކަށް ހުރިހާ މަސްތަކެއް އެއްކޮށް މަރުވުމާއި ވެސް އެކުގައި ކަމަށެވެ. އަދި ދާދި ފަހުން އެވެވުގެ ވަށައިގެން ޖަހާފައިވާ ޗެންޗޭނުގައި ހަރުކޮށްފައި ހުރި ދާތައް ވެސް ބަޔަކު ކޮށާ ހަލާކު ކޮށްފައި ކަމަށް ވުމާއި ވެސް އެކު ކަމަށް އޭނާ ތަފުސީލުކޮށް ދިނެވެ.
ދޫނޑިގަމު ޒުވާނުން އިސްނަަގައިގެންް ވަށުވެވު ސާފުކޮށް ބެލެހެއްޓީ އެ އަވަށުގައި ހުރި ރަށުގެ ތާރީޚީ ތަނަކަށް ވާތީ ކޮންމެވެސް ބަޔަކު އެތަން ބަލަހައްޓައިގެން ނޫނީ، ޖީލުތަކަކަށް އެތަން ރައްކާތެރިކޮށް ނުދެމެހެއްޓޭނީ ކަމަށް އޭނާ ބުންޏެވެ. މިތަން ސާފުކޮށް ރީތިކޮށް ހުރުމުން ރަށުގެ އެންމެންނަށް ވެސް އެ ރީތިކަން ލިބިގެންދާނެ ކަމަށް އޭނާ ބުންޏެވެ.
މަސްތައް މަރުވުމާއި ވެވުގެ ވަށާ ޖަހާފައި ހުރި ދާތަކަށް ގެއްލުން ދިނުން އެއީ ބަޔަކު ގަސްތުގައި ދިން ގެއްލުމެއް ކަމަށް ތުހުމަތު ކޮށް މިއަމަލު ކުށްވެރިކޮށް އޭނާ ކަންބޮޑުވުން ފާޅުކުރިއެވެ.



ޚިޔާލުތައް