“ރިވެތި ފުވައްމުލައް” ނަމުގައި ފުވައްމުލައްކުގެ އަތިރި މަތި ސާފުކުރުމުގެ ހަރަކާތެއް ފުވަމުއްލަކު ޒުވާނުން އިސްނަގައިގެން ބެއްވުމަށް ހަމަޖެހިފައިވާ ކަމަށް އަތޮޅު ކައުންސިލުން ހާމަކުރައްވައެވެ.
އަތިރި މަތި ސާފުކުރުމުގެ މިހަރަކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހު 4 ވަނަ ދުވަހު އެވެ. ސާފުކުރުމުގެ ހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި ދިމާލުންނެވެ. ސާފުކުރުމުގެ މިހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން 4 ޑިސެމްބަރު ވާ ހުކުރު ދުވަހު މެންދުރު ފަހު 2.30 އަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަން ކައިރިއަށް އައުމަށް އިންތިޒާމުކުރާ ފަރާތުން އެދެއެވެ.
އަދި މިހަރަކާތުގައި ވީހާވސް ގިނަ ފަރާތަކުން ބައިވެރިވުމަށް އަތޮޅު ކައުންސިލުން އެދެއެވެ.
+1
+1
ޚިޔާލުތައް