އަންނަ އޭޕްރީލް މަހު 6 ވަނަ ދުވާހު ބާއްވާ ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބުގައި ވަދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ކެމްޕޭން ހަރަކާތް ފެށުމުގެ ގޮތުން މިއަދު ޕޯސްޓަރު ތައްކުރުން މުޅި ރައްޖޭގައި އެއްފަހަރާ ކުރިޔަށް ގެން ގޮސް ފިއެވެ.
އެގޮތުން ފުވައްމުލަކުގެ 3 ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ސަޕޯޓަރުންނާއެކު ޕޯސްޓަރުތައް ކުރުމުގެ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައި ވެއެވެ. ކޮންމެ ދާއިރާއަކުން ވެސް އެދާއިރާއެއްގައި މިހަރަކާތް ފަށާފައި ވަނީ މިއަދު ހެނދުނުއެވެ.

އުތުރު ދާއިރާގެ ޕޯސްޓަރ ހަރުކުރުކުރުން ފެށީ ހޯދަޑު ހަރުގެ ސަރަހައްދުން
އުތުރު ދާއިރާގެ ޕޯސްޓަރު ހަރުކުރުމުގެ ތެރެއިން ކުރިން ޕީޕީއެމްގެ ހަރަކާތްތަކުން އިސްކޮށް ފެނުނު އެތައް ބަޔަކު ވަނީ ފެނިގެން ގޮސްފައެވެ. އުތުރު ދާއިރަގެ އެމްޑީޕީ ކެންޑިޑޭޓު މުހައްމަދު ރަޝީދު އާއެކު ގިނަ ސަޕޯޓަރުންތަކެއް ވަނީ މިހަރަކާތުގައި ބައިވެރިވެފައެވެ.

މެދުދާއިރާގެ ފޯސްޓަރު ހަރުކުރުން
މެދުދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ހުސޭން މުހައްމަދު ދީދީ އާއެކު ވެސް އޭނާގެ ގިނަ ސަޕޯރޓަރުން ތަކެއް ވެސް ވަނީ މެދު ދާއިރާގައި އޮތް ޕޯސްޓަރު ހަރުކުރުމުގައި ބައިވެރިވެފައެވެ.

ދެކުނު ދާއިރާގެ ޕޯސްޓަރު ހަރުކުރުން
ދެކުނު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓު މުހައްމަދު މުމްތާޒު އާއި އޭނާގެ ސަޕޯރޓަރުން ވެސް މިއަދުގެ ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ކުރިޔަށް ގެންގޮސްފައި ވެއެވެ.
ނަމަވެސް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓެއްގެ ހިލަމެއް ވެސް ހަމައެކަނި މެދު ދާއިރާއިން ނޫނީ ނުވެއެވެ.
އުތުރު ދާއިރާ އާއި ދެކުނު ދާއިރާގެ އިދިކޮޅު ކެންޑިޑޭޓުންނަކީ ކޮބައިކަން ވެސް އަދި ވަނީ ނޭގިފައެވެ.
މަޖުލީހުގެ ގޮންޑިއަށް ވާދަކުރަން ހުށަެހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ މިމަހު 21 ވާ ބުރާސްފަތި ދުވަހެވެ.
ޚިޔާލުތައް