އެމްއެމްޕީއާރުސީ އިން ކުއްޔަށްދީފައިވާ ރަށްތަކާއި ގުޅޭ މުއާމަލާތްތައް ހުއްޓުވާލުމަކީ ގާނޫނާއި ޚިލާފުކަމެއް ކަމަށް ކުރީގެ ނާއިބު ރައީސް ޑޮކްޓަރު މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވެ ޑރ. ޖަމީލު އިއްޔެ ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ އެފަދަ ނިންމުމެއްގެ ސަބަބުން ސަރުކާރަށް ގާނޫނީ ގޮންޖެހުމާއި ކުރިމަތިލާން ޖެހުމުގެ އިތުރުން މިފަދަ ޕްރޮޖެކްޓްތަކަށް ފައިސާދޫކުރާ ފަރާތްތަކާއި އިންވެސްޓަރުން އިންވެސްޓުކުރުމަށް ޖެހިލުން ވާނެކަމަށެވެ.
މިފަދަ ނިންމުންތައް ނިންމުމުގައި އެއް އުސޫލަކުން އަމަލު ކުރަމުން ނުދާކަމުގެ ތުހުމަތުވެސް ޖަވީލު ކުރެއްވިއެވެ. އެނބޫދޫ އާއި ނަސަންދުރާ އާއި ނިއުޕޯޓްގެ މައްސަލާގައި ސަރުކާރުން އެއްއުސޫލަކުން އަމަލުކޮށްފައި ނުވާކަމަށާއި މިއީ އަނެއްކާވެސް ސަރުކާރުގެ ގޯސް ނިންމުމެއް ކަމަށް ވެސް ޖަމީލު ޓްވީޓް ކުރެއްވިއެވެ.
ޖަމީލު މިހެން ވިދާޅުވެފައިވާ އިރު ނަސަންދުރާއިގެ މައްސަލަ ދިރާސާ ކުރުމަށްފަހު ޕޮލިސީ ލެވެލްގައި ގޮތެއް ނިންމުމަށް ކަމާ ގުޅޭ އިދާރާތަކަށް ވަނީ ފޮނުވާފަ އެވެ.
ނިއުޕޯޓް ހުސްކުރުމަށް ސަރުކާރުން އެންގުމުން ވެސް އެތަން ހުސް ނުކުރުމުން ތަން ހުސް ކުރުމަށް ކޯޓު އަމުރެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް ސިވިލް ކޯޓުން ކޯޓު އަމުރެއް ނެރެފައެއް ނުވާކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓްކުރެއެވެ.
ޚިޔާލުތައް