A wide advertisement which will be shown on all devices. (700 x 100)

ހޯދަޑު ސްޕޯޓްސް ގެ ދެވަނަ މެޗު މިރޭ

އައްޑު އަތޮޅު ހިތަދޫގައި ކުރިއަށްދާ ވަގުތު ފުޓްސަލް ޗެލެންޖް މުބާރާތުގައި ފުވައްމުލަކު ސިޓީގެ ހޯދަޑޫ ސްޕޯޓްސްގެ ދަވަނަ މެޗު މިރޭ އޮންނާނެއެވެ. ދެވަނަ މެޗުގައި ހޯދަޑު ސްޕޯޓްސް ނިކުންނާނީ ފްރެންޑްސް ކްލަބު އަތުން ބަލިވި ޑީސީ ސްޕޯޓްސް އާއި ދެކޮޅަށެވެ. ޑީސީ ސްޕޯޓްސްގެ އިތުރުން ހޯދަޑު ސްޕޯޓްސް ވެސް ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވާތީ މިރޭގެ މެޗަކީ ދެޓީމަށްވެސް ވަރަށް މުހިންމު މެޗެކެވެ. މި ގްރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ ދެމެޗު ކުޅެގެން ދެމެޗުންވެސް މޮޅުވި ރީތި ރަށެވެ. މިރޭގެ މެޗުން ހޯދަޑު ސްޕޯޓްސް މޮޅުވެއްޖެ ނަމަ ގްރޫޕްގެ ދެވަނައަށް އަރާނެއެވެ. އެހެންކަމުން މިއަދުގެ މެޗަކީ ކުރިއަށްއޮތް ބުރަށް ދަތުރުކުރުމަށްޓަކައި މުހިންމު މެޗެކެވެ.

މިގްރޫޕްގައި ރޭ ވާދަކޮށްފައިވަނީ ރީތި ރަށާއި ފްރެންޑްސް ކްލަބެވެ. މިދެޓީމު ބައްދަލުކުރި މެޗު ނިމުނީ 1-5 ގެ ތަފާތަކުން ރީތިރަށް މޮޅުވެގެނެވެ. މިމަހުގެ 26 ވަނަ ދުވަހާއި ހަމައަށް އައްޑޫ ހިތަދޫގައި ކުރިއަށްދާ “ވަގުތު” ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 120000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް 30000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

ޕޮއިންޓް ފައިދާ ގޯލް ވަން ގޯލް ޖެހިގޯލް ކުޅުނު
6 5 4 9 2 ރީތިރަށް
3 -3 7 4 2 ފްރެންޑްސް ކްލަބު
0 -1 4 3 1 ހޯދަޑު ސްޕޯޓްސް
0 -1 3 2 1 ޑީސީ ސްޕޯޓްސް
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !