މިއަދު ޗައިނާގައި ފެށޭ “ސެމިނަރ އޮން ޕަބްލިކް އެޑްމިނިސްޓްރޭޝަން ފޯ ސިވިލް ސަރވަންޓްސް އޮފް މޯލްޑިވްސް” ގައި ފުވައްމުލައް ސިޓީ ކައުންސިލްގެ ދެބޭފުޅުން ބައިވެރިވާކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.
މި ސެމިނަރއަށް ދިއުމަށް ފުވައްމުލައް ސިޓީގެ ސިވިލް ސާވަރވަންޓުްގެ ތެރެއިން ހޮވިފައި ވަނީ ސިޓީ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަަރ ސުހާ ހަކީމް އާއި އެސިސްޓެންޓް ޑިރެކްޓަަރ އަހުމަދު ހުސޭން އެވެ. މިއީ ސިވިލް ސާވިސް ކޮމިޝަނާއި ޗައިނާ ސަރުކާރު ގުޅިިގެން ކުރިޔަށްގެންދާ ސެމިނާރެއް ކަމަށް މައުލޫމާތު ލިބެއެވެ. މި ސެމިނަރ ކުރިޔަށް ގެންދާނީ ޗައިނާގައި ސިވިލް ސަރވަންޓުން ތަމްރީނުކުރާ މަރުކަޒު، ޖިއަންޒީ ކޮލެޖް އޮފް ފޮރިން ސްޓަޑީސް އިން ނެވެ.
ސިވިލް ސަރވިސްގެ އެކި އެކި އިދާރާތަކުން ހޮވާލެވޭ މުވައްޒަފުންނަށް ކުރިޔަށް ގެންދެވޭ މިސެމިނާރުގެ މިއީ ދެ ވަނަ ބުރެއެވެ. މިބުރުގައި ޖުމްލަ 30 ބައިވެރިން ހިމެނޭއެވެ. އޭގެތެރެއިން 21 ބައިވެރިންނަކީ އަތޮޅުތަކުގެ ބައިވެރިންނެވެ.
މި އޯގަސްޓު މަހުގެ 06 އިން އޯގަސްޓް 26 އަށް ޗައިނާގައި ކުރިޔަށްގެންދެވޭ މި ސެމިނާރުގައި ސަރުކާރުގެ އިދާރީ ހިންގުމާއިބެހޭ ގޮތުން ބައިވެރިންނަށް މައުލޫމާތު ދެވިގެން ދާނެއެވެ.
މި ސެމިނަރގައި ޗައިނާގެ ސަރުކާރު ރޭވި ހިނގާގޮތުގެ މައުލޫމާތާއި، ޝަރުޢީ އަދި އިޤްތިސާދީ، އިޖްތިމާޢީ ސިވިލް ސަރވިސްގެ ކަންކަން ރޭވި، ހިނގަމުންދާގޮތުގެ މަޢުލޫމާތު ބައިވެރިންނަށް ދެވޭނެއެވެ. މީގެ އިތުރުން ޗައިނާގެ ތަރައްޤީއާބެހޭ މަޢުލޫމާތު ދިނުމަށްވެސް ހަމަޖެހިފައިވާކަމަށް ވެއެވެ.
މިސެމިނަރގެ ބައިވެރިން އިއްޔެ ވަނީ ޗައިނާ އަށް ފުރާފައެވެ.
ޚިޔާލުތައް