A wide advertisement which will be shown on all devices. (700 x 100)

ގަދަ ވިއްސާރައިގެ ސަބަބުން ފުވައްމުލައް ސިޓީގެ ބައެއް ގެތަކަށް ގެއްލުން ވެއްޖެ

ގަދަ ވަޔާއި ފުވައްމުލައް ސިޓީގެ ބައެއް ގެތަކުގެ ފުރާޅު ރޭ ވަނީ އެއްލާލާފައި.

ރޭގައި ފުވައްމުލައް ސިޓީ އަށް ކުރި ގަދަ ވިއްސާރައާއި ވައިގެ ސަބަބުން ބައެއް ގެތަކަށް ގެއްލުން ވެއްޖެއެވެ. އެގޮތުން ބައެއްގޭގޭގެ ފުރާޅު އެއްލާލާފައި ވުމުން އެގެތަކުން މީހުން ބަދަލު ކުރަންޖެހިފައި ވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލްގެ ޑެޕިއޓީ މޭޔަރ މުހައްމަދު ޟިރާރު ހާމަކުރައްވައެވެ. އެގޮތުން މިވިއްސާރާގައި ބައެއް އާއިލާތަކަށް ގެއްލުން ވެފައިވާ ކަމަށް ވެއެވެ. މިހާތަނަށް 10 ގެއެއްގެ ފުރާޅު އެއްލާލާއިފައިވާ ކަމަށް ސިޓީ ކައުނސިލްގައި ރެކޯޑު ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ބައެއް މަގުތައްކަށް ބޮޑެތި ގަސްތައް ވެއްޓީ މަގުތައް ބަންދުވެފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލްގެ ޟިރާރު ހާމަކުރައްވާފައި ވެއެވެ. ރޭގެ ވިއްސާރައާއި ގަދަ ވައިގައި ލިބުނު ގެއްލުން ތައް ނޯޓުކުރުމަށް ސިޓީ ކައުނސިލްގެ މުވައްޒަފުްނ ހަރަކާތްތެރިވަމުން ދެއެވެ.

ގަދަ ވަޔާއި ފުވައްމުލައް ސިޓީގެ ބައެއް ގޭގެ ފުރާޅު މައްޗަށް ގަސްތައް ވެއްޓިަފއި ވޭ

ގެއްލުން ލިބުނި ފަރާތްތަކަށް އެމްއެންޑީއެފާއި ޕޮލިސް-ފުވައްމުލައް އަދި ސިޓީ ކައުންސިލާއި އާއްމުން ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށް ޟިރާރު ހާމަކުރައްވައެވެ.

ކުއްލި ޙާލަތެއް ދިމާވެއްޖެ ނަމަ ގުޅުމަށް ގުޅުމަށް ސިޓީ ކައުންސިލުން ހޮޓްލައިން ނަމްބަރެއްގެ ގޮތުގައި 7315001 ބޭނުން ކުރެއްވުމަށް ސިޓީ ކައުންސިލުން އެދެއެވެ.

ގަދަ ވަޔާއި ވާރެއާއެކު ފުވައްމުލައް ސިޓީގެ ބައެއް ގޭގެ ފުރާޅު މައްޗަށް ރުއްގަސްތައް ވެއްޓިަފއި ވޭ

މޫސުމާ ބެހޭ އޮފީހުން ވަނީ ލ.އަތޮޅުން އައްޑޫއާއި ހަމަޔަށް މޫސުން ގޯސް ވާނަ ކަމަށް ބުނެ ޔެލޯ އެލާޓް ނެރެފައި ވެއެވެ. ވައި 55 މޭލުގެ ބާރުމިނަށް ގަދަވާނެ ކަަމަށް މޫސުމް ލަފާކޮށްފައި ވެއެވެ.

މިއަދުގެ މޫސުން ލަފާކޮށްފައިވާ ގޮތް

އީދު ބަންދުގައި ފުވައްމުލައް ސިޓީގައި ބޭރުގެ ފަންނާނުން ނާއި އެކު މިއުޒިކު ޝޯއެއް ބޭއްވުމަށް މީހުން ރަށްމިހާރު ގޮސްފައިވެއެވެ. މިޝޯ ބޭއްވުމަށް ކުރިން ރޭވިފައި ވަނީ ބޭރުގައި (އައުޓް ޑޯ) ކަމަށްވެފައި ވިއްސާރައިގެ ހިޔަނި ވަނީ އެޅިފައެވެ. ނަމަވެސް މިއުޒިކް ޝޯ ކުރިޔަށް ގެންދިއުމަށް މިހާރުވެސް ތައްޔާރީތައް ވަމުން އެބަ ދެއެވެ.

ގަދަ ވަޔާއި ގަސްތައް ވެއްޓި މަގުތައް ބަންދުވެފައި ވޭ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !