A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް މެރެތަންގެ ބައެއް ބައިތައް ދުވާ މަގުތައް އާއްމުކޮށްފި

ފުވައްމުލައް މެރެތަން ފެށެން 7 ދުވަސް

އަންނަ ހޮނިހިރު ދުވަހު ފުވައްމުުލައް ސިޓީގައި ބޭއްވުމަށް ތައްޔާރުވަމުންދާ ފުވައްމުލައް މެރެތަންގެ ބައެއް ބައިތަކުގައި ދުވާ މަގުތައް ހާމަކޮށްފުއެވެ. އެގޮތުން މިހާތަނަށް ހާމަކޮށްފައި ވަނީ 10 ކިލޯމީޓަރާއި 5 ކިލޯމީޓަރުގެ ދުވާ މަގުތަކެވެ. މިއީ ފުވައްމުލައް ސިޓީގައި ބާއްވާ މިފަދަ ފުރަތަމަ މެރެތަން އެވެ.

5 ކިލޯމީޓަރު ދުވުން ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 6:30 ގައި ފުވައްމުލަކު ސްޓޭޑިއަމު (މައިލޯ ދަނޑު)ން ނެވެ. ފަށައިގެން ދުވާނީ ނައިބު ތުއްތު ހިނގުމުން އިރަށް ގޮސް ބަހާރު މަގުން އެތެރެއަށް (ފުވައްމުލަކު ސްކޫލާއި ދިމާލަށް) ވަދެގެން ސްކޫލްގެ އިރު ދެކުނު ފަރާތު މަގުން ބަނދާރާއި ދިމާލަށް އަނބުރާލާފައި ގޮސް، ބަދަރު މަގުން ވަށާލާފައި އައިސް ނިންމާނީ ސްޓޭޑިއަމަށެވެ. މިމަގުތަކުގައި 5 ތަނެއްގައި މަގުދައްކާ، އެހީތެރިކަން ފޯރުކޮށްދޭނެ މީހުން (އެއިޑް ސްޓޭޝަން ތައްް) ތިބުމަށް ވަނީ ހަމަޖެހިފައެވެ.

ފެމިލީ އިވެންޓްތައް ފެށުމަށް ހަމޖެހިފައިވަނީ އެދުވަހުގެ 8؛30 ގައެވެ.

5 ކިލޯމީޓަރު ދުވާ މަގުތައް

 

މިދުވުމުގައި ދެން ހާމަކޮށްފައި ވަނީ 10 ކިލޯމީޓަރުގެ ދުވާމަގެވެ.

10 ކިލޯމީޓަރު ދުވުން ފެށުމަށް ހަމަޖެހިފައި ވަނީ ފަތިހު 5:30 ގައިއެވެ. ބައިވެރިން ހަޒިރުވާން ޖެހެނީ 4:30 އަށެވެ. ރޭސް ފުވައްމުލަކު ސްޓޭޑިއަމު (މައިލޯ ދަނޑު)ން ފަށައިގެން ދުވާނީ ނައިބު ތުއްތު ހިނގުމުން ހުޅަގަށެވެ. ދަޑިމަގާއި ވީކޮޅަށް ގުވަމުން ގޮސް ނެރެގަނޑު ހިސާބުން އަނބުރާލާފައި (ޔޫ ޓާން) އައި ކޮޅަށް (އިރުމައްޗަށް) ނައިބު ތުއްތު ހިނގުމުން ބަނދާރާއި ދިމާލަށް ގޮސް، ބަނދަރު މަގުން ވަށާލާފައި އައިސް ނިންމާނީ ސްޓޭޑިއަމަށެވެ. މިމަގުތަކުގައި ވެސް އެކި ހިސާބުގައި މަގުދައްކާ، އެހީތެރިކަން ފޯރުކޮށްދޭ މީހުން (އެއިޑް ސްޓޭޝަން ތައްް) ބޭތިއްބުމަށް ވަނީ ހަމަޖެހިފައެވެ.

މެރެތަންގެ 10 ކމ ދުވާ މަގު

މި މެރެތަންގައި އިތުރަށް ހިމެނެނީ ފުލް މެރެތަން، ހާފް މެރެތަން، ކުޑަކުދިން އަދި ދޮށީ އުމުރުގެ މީހުންގެ ބައެވެ.

ފުލް މެރެތަން – 42.195 ކިލޯމީޓަރ، ފެށުން ދަންވަރު 2:00 ގައި

ހާފް މެރެތަން – 21.0975 ކިލޯމީޓަރ، ފެށުން ފަތިހު 5:30 ގައި

މިއީ އައިރަނާސް އިން އިންތިޒާމުކުރާ 3 ވަނަ މެރަތަން އެވެ. މީގެ ކުރީގެ ދެ އިވެންޓްގައި ވެސް ފުވައްމުލަކުގެ ބައިވެރިން ވަނީ ވަނަތައް ހާސިލުކޮށްފައެވެ.

މެރެތަންގައި ކާމީޔާބީތަކެއް ޙާސިލުކޮށްފަިއވާ ފުވައްމްުލަކުގެ ދެ ދުވުންތެރިން

މި މެރެތަން އިންތިޒާމު ކުރަނީ ޓްރެވެލް މެރަތަން އޮފް މޯލްޑިވްސް ނަމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިގު ދުވުންތައް އިންތިޒާމު ކުރާ އައިރަނާސް އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެންނެވެ.

ކުރިން ފުވައްމުލަކުގައި ރަސްމީ މެރެތަންއެއް ބޭއްވިފައި ނެތަސް ދިގު ދުވުންތައް، ނުވަތަ މެރެތަން އެކި މުނާސަބަތުތަކާއި ގުޅުވައިގެން ރަށުގެ ވަށައިގެންނާއި ބޮޑެތި މަގުތަކުގައި ވެސް ބޭއްވިފައި ވެއެވެ.

މި މެރަތަން އަށް ތައްޔާރުވުމަށް ސެޕްޓެމްބަރު 5 އަދި 6 ވަނަ ދުވަހު ޚާއްސަ ހެލްތު އެންޑް ފިޓްނެސް އެކްސްޕޯއެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • MatthewRob