ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުންގެ ހައްޔަރުކޮށްފިއެވެ،
މިމައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކޮއްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 62 އަހަރުގެ ފިރިނެކެވެ. ނަމަވެސް އޭ ކޮން ބައެއްކަމެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.
މި ދެމީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުވައްމުލަކަށް ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޖުލައި 28 ވަނަ ދުވަހުގެރޭ ހިންގި އޮޕަރޭޝަނެއްގައި 62 އަހަރުގެ މީހާގެ ގެ ކައިރިން ކަމަށް ފުލުހުން ހާމަކުރައްވައެވެ.
މި ދެމީހުންގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެދެމީހުންގެ ހަށިގަނޑާއި 28 އަހަރުގެ މީހާ އެވަގުތު އިން ސައިކަލް ބަލައިފާސްކުރިއިރު ސައިކަލް މަޑި ދަށުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ. އަދި މިމައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 62 އަހަރުގެ މީހާ ދިރިއުޅެމުންދާ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައިވެއެވެ. އެ ގެ ބަލައިފާސްކުރިއިރު އެގޭ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 4 ދަޅާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 80 ރަބަރު ޕެކެޓް ފެނިފައިވެއެވެ.
މި ދެމީހުންގެ ތެރެއިން 62 އަހަރުގެ މީހާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގެ ރެކޯޑްސް އޮންނަ މީހެއްކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 62 އަހަރުގެ މީހާ 15 ދުވަހުގެ މުއްދަތައް އަދި 28 އަހަރުގެ މީހާ 7 ދުވަހުގެ މުއްދަތައް، މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް އަމުރުކޮށްފައެވެ.
މިމައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން މިހާރު ތަހުޤީޤު ކުރަމުންދާކަމަށް ފުލުހުން ހާމަކުރައްވައެވެ.
.



ޚިޔާލުތައް