ފުވައްމުލަކުގެ ފެނާއި ނަރުދަމާ އަށް ބޭނުންވާ ސާމާނު ހިފައިގެން އައި އާގު ބޯޓް ފަރަށް އަރައިފިއެވެ. މިބޯޓް އަރާފައިވަނީ އެއަރޕޯރޓާއި ދިމާއި ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ. މިބޯޓް ފުވައްމުލަކަށް އައިސްފައިވަނީ އިންޑިއާގެ ޓުޓްކޮރިން އިން މުދާ ހިފައިގެން މާލެއަށް އައިސް މާލެއިން ކަސްޓަމްސް ކްލިއަރެންސް ހޯދުމަށްފަހުގައެވެ.
ހިލަ އާއި ހިލަވެލި ހިފައިގެން ދަތުރުކުރި މިބޯޓުގައި ތިބި 20 ފަޅުވެރިންގެ ތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއްނުވެއެވެ. މިއީ ދިގުމިނުގައި 102.79 މީޓަރު ހުރި އަދި ފުޅާ މިނުގައި 17 މީޓަރު ހުރި ބޯޓެކެވެ.
ކޮރެއާގެ މުދާ އުފުލާ ބޯޓެއް ކަމަށްވާ އެމްވީ އެންޖީއޯސީ ސަން ނަމަކަށް ކިޔާ މިބޯޓް ފަރަށް އަރާފައިވަނީ މިއަދު ހަވީރު ގާތްގަޑަކަށް 4:45 އެހާކަށްހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ސަރުކާރުން ހަވާލުކުރީ ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ އެވެ. އެމްއެންޑީއެފުން ބުނީ ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.



ޚިޔާލުތައް