ފެނަކަ-ފުވައްމުލައިން ބަހަމުން އައި ލެޑް ލައިޓް ބެހުމުގެ މުއްދަތު މި ޖެނުއަރީ މަހުގެ ނިޔަލަށް ކުރިޔަށް ގެންދާގޮތަށް ނިންމައިފިއެވެ.
ޑޮމެސްޓިކް މީޓަރު ހިމެނޭ ކޮންމެ ގެއަކަށް ފާއިތުވި ޑިސެމްބަރު މަހުން ފެށިގެން ވަނީ ލެެޑް ލައިޓް ބަހަން ފަށާފައެވެ. އެގޮތުން ބަހަން ފެށި ލެޑް ލައިޓް ނުލިބިވާ ފަރާތްތަކަށް މި ޖެނުއަރީ މަހު 31 ވަނަ ދުވަހުގެ މެންދުރު 12:00 އަށް ލެޑްލައިޓް ދޫކުރުމަށް ވަނީ ނިންމާފައެވެ. އެހިސާބަށް ލަޑް ލައިޓް ބަލާ ނައަންނަ ފަރާތްތަކަކީ ލެޑް ލައިޓް ބޭނުން ނޫން ފަރާތްތައް ކަމުގައި ބަލައި އެދުވަހުން ފެށިގެން ލެޑް ލައިޓް ދޫކުރުން ހުއްޓާލާނެ ކަމަށް ފެނަކައިން ހާމަކޮށްފައި ވެއެވެ.
ލެޑް ލައިޓް ދޫކުރުމަށް ހަމަޖެހިފައި ވަނީ ފެނަކަ ބްރާންޗުގެ ކުރީގެ ރީޖަނަލް އޮފީހުންނެވެ.
ލެޑް ލައިޓް ލިބިފައިވާ ފަރާތެއްކަން ޔަގީން ނުވާނަމަ ފެނަކަ-ފުވައްމުލަކުގެ 6862631 ނަމްބަރު ފޯނާއި ގުޅުއްވުމުން އެކަން ބަލައި ދެވޭނެކަމަށް ފެނަކައިން ހާމަކުރައްވައެވެ.
‘ފަހިއަލި’ ޕްރޮގްރާމްގެ ދަށުން މީގެ ކުރިން 2015 ވަނަ އަހަރު ފުވައްމުލަކުގައި ލެޑް ހޮޅިބުރިތައް އާއްމުންނަށް ދޫކޮށްފައި ވެއެވެ. އެއީ ޗައިނާ ސަރުކާރުން ދިން ޚާއްސަ އެހީތަކެއްގެ ގޮތުގައި އެނަޖީ މިނިސްޓްރީ މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް ދިން ލެޑް ހޮޅިބުރިތަކެކެވެ.
ޚިޔާލުތައް