A wide advertisement which will be shown on all devices. (700 x 100)

ފަރަށްއެރި ބޯޓް ފުންކުރުމުގެ މަސައްކަތް ފަށައިފި

މިދިޔަ ހޮނިހިރު ދުވަހު، ފުވައްމުލަކުގެ ފެނާއި ނަރުދަމާ އަށް ބޭނުންވާ ސާމާނު ހިފައިގެން އަންނަނިކޮށް ފުވައްމުލަކު ފަރަށް އެރި އެންޖީއޯސީ ސަން ފުންކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް އެބަދެއެވެ. ސިންގަޕޯއިން ދެބާޖް ގެނެސް މިހާރު މަސައްކަތް ފެށިފައިވާ އިރު މިބޯޓް ފުންކުރުމަށް ޓްރާންސްޕޯރޓް އޮތޯރިޓީއިން ދީފައިވަނީ 15 ދުވަހެވެ. 

މިބޯޓް ފުންކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު މިބޯޓްގެ ލޯކަލް އެޖެންޓް ކަމަށްވާ އޯޝަން ލޮޖިސްޓިކްސް އިން ބުނެފައިވަނީ މަސައްކަތާ ހަވާލުވެފައިވާ ސިންގަޕޫރުގެ ކުންފުނިން ތިން ވަނަ ޓަގެއް ވެސް ރާއްޖެ ގެނެވޭތޯ މިހާރު ބަލަމުން އަންނަ ކަމަށެވެ. 

ބޯޓު ފަރަށް އެރި ދިމާލަކީ ޑައިވް ކުރުމަށް ވެސް ހާއްސަ ސަރަހައްދެކެވެ. އެގޮތުން މަޝްހޫރު “ހުރަސްފަރުގަނޑު” އޮންނަނީ ބޯޓު ފަރަށް އެރި ދިމާލުގަ އެވެ. އެކަމަކު ބޯޓު ފަރަށް އެރުމުގެ ސަބަބުން ޑައިވް ޕޮއިންޓަށާއި ފަރަށް ލިބުނު ގެއްލުމެއް އަދި ނޭނގެ އެވެ. ތިމާވެއްޓާއި ބެހޭ ގާނޫނާއި ގަވާއިދުތަކުގެ ދަށުން ފަރަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ފަރަށް އަރާ ބޯޓްފަހަރު ޖޫރިމަނާ ކުރަމުން ގެންގޮސްފައިވެއެވެ.

‎ބޯޓުގެ ރާއްޖޭގެ އެޖެންޓް ބުނީ އެ ބޯޓުފަރަށްއެރިއިރު ހިލަ އާއި ހިލަވެއްޔާއެކު 5700 ޖަމްބޯ ބޭގް ހުރިކަމަށެވެ. ‎ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ސަރުކާރުން ހަވާލުކުރީ ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ އެވެ. އެކަމަކު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ހިލަ އާއި ހިލަވެލި ގެންދިއުމަށް ހަވާލުކޮށްފައި ވަނީ ވިއެޓްނާމްގެ މުދާ އުފުލާ ބޯޓަކާ އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !