އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ އިސްވެރިންނާއި ނިމުނު ހަފުތާ ބަންދުގައި (ހޮނިހިރު) ބައްދަލުކުރައްވައިފިއެވެ.
ފުވައްމުލަކުގައި ހުންނަ ސަރުކާރުގެ 4 ސްކޫލުގައި ވަކިވަކިން ބޭއްވުނު މި ބައްދަލުވުންތަކުގައި ސްކޫލްތަކުގެ ހާލަތު ބައްލަވައި ސްކޫލްތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ސްކޫލްތަކާއި މިނިސްޓްރީ ގުޅިގެން ކުރެވިދާނޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
އެޑިިއުކޭޝަން މިނިނސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައި ފުވައްމުލައް ސިޓީއަށް ނިސްބަތްވާ ދެ ބޭފުޅަކު ތިއްބަވައެވެ. ނަމަވެސް މިދަތުރުގައި އެއިން އެއްވެސް ބޭފުޅަކު ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ.

ޏ.އޭއީސީގެ ބައެއް އިސް މުވައްޒަފުން މިނިސްޓަރ ޑރ. އާއިޝަތު އަލީ އާއިއެކު
މިބައްދަލުވުމަކީ ހުރިހާ ގޮތަކުން ވެސް އުއްމީދުތަކެއް ލިބިގެން ދިޔަ ބައްދަލުވުމެއްކަމަށް ހޭޒްއާއި އެމްޖޭއެސް އިން ހާމަކުރައްވައެވެ.

ހާފިޒް އަހުމަދު ސްކޫލުގެ އައު ޕްރިންސިޕަލަށް އެސްކޫލުން އިއްޔެ ވަނީ މަރުހަބާ ކިޔާފައެވެ.
މިނިނސްޓަރުގެ މިދަތުރު ފުޅާއެކު ފުވައްމުލައްސިޓީަގއި ސަރުކާރުން ހިންގާ އެންމެ ދަރިަވރުން ގިނަ ސްކޫލް ކަމަށްވާ ހާފިޒް އަޙުމަދު ސްކޫލަށް ޕްރިންސިޕަލަކު ހަމަޖެހިގެން ދިޔަކަން ވެސް އެސްކޫލުން ވަނީ ހާމަކުރައްވާފައެވެ. އަލަށް ހަމަޖެހުނު އެސްކޫލަށް ޕްރިންސިޕަލަކީ މުހައްމަދު ސިރާޖު އެވެ.

އެމްޖޭއެސް ބައެއް އިސް މުވައްޒަފުން މިނިސްޓަރ ޑރ. އާއިޝަތު އަލީ އާއިއެކު
އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީ ވަނީ މީގެ ކުރިން ވެސް ފުވައްމުލަކަށް ވަޑައިގެން ސްކޫލްތަކަށް ޒިޔާރަތް ކުރައްވާފައެވެ.

އެފްއެސްގެ ބައެއް އިސް މުވައްޒަފުން މިނިސްޓަރ ޑރ. އާއިޝަތު އަލީ އާއިއެކު
ޚިޔާލުތައް