A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގެ ފަރަށާއި ގޮނޑުދޮށަށް ގެއްލުން ލިބެމުންދާތީވެ އެމައްސަލަ މަޖިލީހަށް ވެއްދުމަށް މަލީހު ގޮވާލައްވައިފި

ފުވައްމުލަކުގެ ފަރަށާއި ގޮނޑުދޮށަށް ލިބެމުންދާ ގެއްލުމާއި މެދު ސަރުކާރުން އަޅާނުލާތީ ރައްޔިތުންގެ މަޖިލީހަށް މިމައްސަލަ ވެއްދުމަށް ކުރީގެ ޔޫތު މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމަށް ގޮވާލައްވައިފިއެވެ. މިމައްސަލަ މަޖިލީހަށް ވެއްދުމަށް މަލީހު ގޮވާލައްވާފައިވަނީ އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ. ފުވައްމުލަކު ގިނަ ބައެއްގެ ރުހުން ލިބުނު މިޓްވީޓް ގައި “ފުވައްމުލަކުގެ ފަރަށާއި ގޮނޑުދޮށަށް ލިބެމުންދާ ގެއްލުމާއި މެދު ސަރުކާރުން އަޅާނުލާތީ މަޖިލީހަށް ކުއްލި މައްސަލައެއް ޖޭޕީ މެމްބަރު ފައިސަލް ނަސީމު ވެއްދުމަށް އެދެން” ކަމުގައި ބުނެފައިވެއެވެ.

ފުވައްމުލަކު ތިން ދާއިރާ ތަމްސީލު ކުރައްވާ ތިން މެމްބަރުންގެ ބަދަލުގައި ކާށިދޫ ދާއިރާ ތަމްސީލު ކުރައްވާ ފައިސަލް ނަސީމް އަރިހުން މިފަދަ މައްސަލައެއް މަޖީލީހަށް ވެއްދުމަށް މަލީހު އެދިފައި ވާ އިރު ފުވައްމުލައް ތަމްސީލު ކުރައްވާ ތިން މެމްބަރުންނަކީވެސް ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް ތިން މެމްބަރުންނެވެ. މަލީހުގެ މެސެޖާއި ގުޅިގެން އެހެން ފަރާތަކުން ހާމަކުރި ގޮތުގައި ފައިސަލް ނަސީމް ނޫނީ އެފަދަ މައްސަލައެއް ވެއްދޭ ބޭފުޅަކުވެސް އެމަޖިލީހުގައި ނެތްކަމަށެވެ. 

ޔޫތް މިނިސްޓަރު ކަމުން ވަކިވުމަށްފަހު ސޯޝަލް މީޑިއާ މެދުވެރިކޮށް ސަރުކާރަށް ފާޑު ވިދާޅުވަމުންދާ މަލީހަކީ އިދިކޮޅު މޯލްޑީވްސް ޔުނައިޓެޑް އޮޕޮޒިޝަނުގެ ޓްއަރިޒަމް އެންޑް ގެސްޓް ހައުސް ޝެޑޯ މިނިސްޓަރެވެ.

 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !