މިހާރު މުޅި ދުނިޔޭގައި ވެސް ހަލުއިކަމާއެކު ފެތުރެމުންދާ ކްރޯނާވައިރަސް (ކޯވިޑް19) ރޯގާ އާއި ގުޅިގެން ފުވައްމުލަކު، ސިތާނާ ގްރޫޕްގެ ފިހާރަތަކުން މުދަލުގެ އަގުހެޔޮކުރުމަށް ނިންމައިފިއެވެ.
ސިތާނަ ގްރޫޕްގެ ފިހާރަތަކުގެ ތެރެއިން ސިތާނާ ސްޓޯރަށް އިމްޕޯޓް ކުރާ މުދަލުން %25 ޕަސެންޓް އަގު ހެޔޮކުރުމަށާއި ސިތާނާ ހާޑްވެއަރ އަށް ރާއްޖެއިން ބޭރުން ގެންނަ މުދަލުން %10 އަގުހެޔޮކުރުމަށް ނިންމާފައިވެއެވެ. އަދި އަސްރަފީ-ސިތާނާ ބުކްޝޮޕުގެ ހުރިހާ މުދަލަކުން %10-%15 އާއި ދެމެދުގެ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ.
މިއަދު (18 މާރިޗް 2020) ފެށިގެން، ސިތާނާގްރޫޕްގެ ފިހާރަތަކު މި ޑިސްކައުންޓްތައް ލިބިގެންދާނެ ކަމަށް އެފަރާތުން ހާމަކުރައްވައެވެ.
މިއީ މިހާރު މުޅި ދުނިޔެއަށް ވެސް ދިމާވެގެން އުޅޭ ކޯވިޑް19 ކާރިސާއާއި ގުޅިގެން ރައްޔިތުންގެ އާއްމު ދިރިއުޅުމަށް މާލީގޮތުން ދިމާވެފައިވާ ދަތިކަމަށް ލުޔެއް ދިނުމުގެ ގޮތުން އެކޮމްޕެނީގެ ފިހާރަތަކުން ދޭ ލުޔެއް ކަމަށް އެގްރޫޕުން މިކަލް ނޫހަށް ފޮނުވާފައިވާ މައުލޫމާތުގައި ހާމަކޮށްފައި ވެއެވެ.
މީގެ އިތުރުން ސިތާނާ ސްޓޯރުން ފޯރުކޮށްދެމުންދާ ކާބޯތަކެތި، އެތަކެތި ރާއްޖެ އެތެރެ ކުރުމަންދާ ފަރާތްތަކުން ލިބެމުންދާނަމަ، އެއްވެސް ދަތިކަމެއް ނެތި ލިބެމުންދާ ގޮތަށް ސްޓޮކް ހުސްނުވެ ބަލަހައްޓަމުން ގެންދާކެމަކުގެ ޔަގީންކަން އެފަރާތުން ދެއެވެ.
ސިތާނާ ސްޓޯރުގެ ތަކެތީގެ އަގުހެޔޮކުރުން
ކޮވިޑް19 އާއި ގުޅުވަިއގެން ސްތާނާ ސްޓޯރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަސް ވަރުގަދަ ކޮށްފައެވެ.
ޚިޔާލުތައް
މިގޮތައް ނަމޫޫ ދައްކަން ފެންނަނީ
އޯޓީ ކަނޑާ ލީމަވަރަށް ދެރަ…