ފުވައްމުލައ ސިޓީން އެއްވެސް އުޅަދެއް މާލެ ސަރހައްދަށް ދިއުމަށް ނުފުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އަންގައިފިއެވެ. މިއަދު އެ ކައުންސިލުން ނެރުނު އިއުލާނުގައި ވާގޮތުން މިއީ މިއަދު މާލެއިން ކޯވިޑް19 އަށް މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން އެސަރަހައްދުގައި ކާފިއު ހިނަގާފައިވުމައި ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުން އެޅި ފިޔަވަޅެކެވެ.
މިއަދު މާލެއިން ކޯވިޑް19 އަށް މީހަކު ފައްސިވުމާއި ގުޅިގެން މާލެ ސަރަހައްދަށް ވަނީ 24 ގަޑިއިރުގެ ކާފިއުއެއް އިއުލާންކޮށްފައެވެ. އަދި މިކާފިއުގެ ތެރެއިން މާލެ ސަރަހައދުގައި ހިމެނޭ މާލެ، ހުޅުމާލެ ވިލިމާލެ އަދި ތިލަމާލެއަށް އަރާފޭބުން 24 ގަޑިއިރަށް ވަނީ މަނާކުރެވިފައެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި އިތުރަށް އިލްތިމާސްކޮށްފައި ވަނީ ކޯވިޑް19ގެ ބަލިމަޑުކަމު ރައްކާތެރިވުމުގެ ގޮތުން ކަމާއި ބެހޭ ފަރާތްތަކުން ދެމުންގެންދާ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބައި އަމަލު ކުރުމަށެވެ.
މިއަދު މާލެެއިން ފުވައްމުލަކަށް އަންނަން އޮތް ފްލައިޓަށް މީހުނަ އަރާފައި ވަނިކޮށް ކާފިއު އިއުލާން ކުރުމާއި ގުޅިގެން ފްލައިޓް ދަތުރަށް ވާގޮތް ނޭގިގެން ބައެއް ފެސެންޖަރުން ސުވާލުތައް ކުރަމުން އާދެއެވެ. ފަހުން މޯލްޑިިވިއަނުން ވަނީ ދަތުރުކުރުން ވަގުތީގޮތުން ހުއްޓާލާފައިވާކަން އަންގާފައި ވެއެވެ.
ޚިޔާލުތައް