A wide advertisement which will be shown on all devices. (700 x 100)

އާރުވީ އޮޑެއްސީ އަންނަ ހަފުތާގައި ފުވައްމުލަކު ކަނޑުގެ ސަރަހައްދުގައި

އާރުވީ އޮޑެއްސީ އަންނަ ހަފުތާގައި ފުވައްމުލަކު ބޭރަށް އަންނަނީ.

އާރުވީ އޮޑެއްސީ، ކިޔާ ކަނޑުގެ ދިރާސާތަކުގައި ބޭނުންކުރާ ބޮޑު އުޅަނދެއް އަންނަ ހަފުތާގައި ފުވައްމުލަކު ކަނޑުގެ ސަރަހައްދުގައި މަސައްކަތް ކުރަމުން ދާނެކަމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ހާމަކުރެއެވެ.

އެ އިންސްޓިޓިއުޓުން ހާމަކޮށްފައި ވަނީ ކުރިޔަށް އޮތް ދެ ހަފުތާގައި ފުވައްމުލަކާއި އައްޑޫ ބޭރުގައި އާރު.ވީ އޮޑެއްސީ އުޅަނދު ހަރަކާތްރެވިމުން އަންނާނެކަމަށެވެ. އަދި އެއުޅަނދާއި 500 މީޓަރަށް ވުރެ ދުރުން ދަތުރުކުރެއްވުމަށް ސަމާލުކަން ދިނުމަށެވެ.

އާރްވީ އޮޑެއްސީ އައި ދިވެހި ސަރުކާރު ގުޅިގެން އަންނަނީ ދިވެހި ކަނޑުތަކުގެެ ފުޅާ ދިރާސާއެއް ކުރަމުންނެވެ. އެ ދިރާސާގެ މަސައްކަތް ކުރަމުން އަންނަނީ އިނގިރޭސިވިލާތުގެ މެރިން ރިސާޗު ފައުންޑޭޝަން “ނެކްޓަން” އާއި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓު ގުޅިގެންނެވެ.

އާރުވީ އޮޑެއްސީ އަންނަ ހަފުތާގައި ފުވައްމުލަކު ބޭރަށް އަންނަނީ. ފޮޓޯ؛ ނެކްޓަން

“މި މަދަޝިޕް އަކީ ދިގު ތާރީހެއް އޮތް އަދި މި ދިރާސާގެ މަސައްކަތަށް ބޭނުންވާ އެންމެފަހުގެ ފުރިހަމަ ވަސީލަތް ވެސް ހުރި އުޅަނދެއް،” ނެކްޓަން މިޝަންގެ ޑައިރެކްޓަރު އޮލިވާ ސްޑީސް މިހާރު ނޫހަށް ވިދާޅުވެފައި ވެއެވެ.

ތިން ބުރިއަށް ހުންނަ މި އުޅަނދުގެ ދިގުމިނުގައި 56 މީޓަރު ހުރެއެވެ. ރިސާޗު އުޅަނދަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް މިއުޅަނދުގައި ހުންނަކަމަށް ވެއެވެ. އެގޮތުން ސީބެޑް މެޕިން ސިސްޓަމަކާއި، ވެޓް ލެބްތަކާއި ޑްރައި ލެބްތަކާއި މެޑިކަލް ފެސިލިޓީއަކާއި އޮކްސިޖަން ތެރަޕީ ދޭ ޗެމްބާއަކާއި މިޝަން ކޮންޓްރޯލް ސެންޓަރަކާއި އަދި ބްރޮޑްކާސްޓްކުރާނެ ސްޓޫޑިއޯއެއް ހުންނަކަމަށް އެއުޅަނދު ބެލި މިހާރު ނޫހުގެ ރިޕޯޓަރު ހާމަކުރެއެވެ. މީގެ އިތުރުން ފަޅުވެރިންނަށް ބޭނުންވާ އެކޮމޮޑޭޝަން ބައިތަކާއި އަސާސީ ހިދުމަތްތައް ލިބޭނެ ތަންތަން ވެސް ހުންނަކަމަށް ހާމަކުރެއެވެ.

އާރުވީ އޮޑެއްސީ އަންނަ ހަފުތާގައި ފުވައްމުލަކު ބޭރަށް އަންނަނީ. ފޮޓޯ؛ ނެކްޓަން

ކަނޑުގެ އަޑީގެ ދިރާސާތަކަށް، އަޑިއަށް ދިއުމަށް މިއުޅަނދުގައި ސަބްމާސިބލް 2 އުޅަނދު އޮވެއެވެ. އެއީ ކަނޑުގެ 1،000 މީޓަރު ފުނަށް ދިއުމުގެ ގާބިލުކަން ލިބިފައިވާ އޮމެގާ ސީމާސްޓާ 2 (ރަތްކުލަ) އާއި 2000 މީޓަރު އަޑިއަށް ދިއުމުގެ ގާބިލުކަން ލިބިފައިވާ އޯރީލިއާ (އޮރެންޖް ކުލަ) ދެ އުޅަނދެވެ.

އާރުވީ އޮޑެއްސީ އަންނަ ހަފުތާގަިއ ފުވައްމުލަކު ބޭރަށް އަންނަނީ. ފޮޓޯ؛ މިހާރު އޮންލައިން

ރާއްޖޭގެ ކަނޑުތަކުގެ މި ދިރާސާގައި މިއުޅަނދުތައް ބޭނުންކުރާނެއެވެ. މިދެ އުޅަނދުގެ ރޮބޮޓިކް އުފެއްދުންތައް ވެސް މިސާވޭގައި ބޭނުން ކުރާނެއެވެ. އެގޮތުން ކަނޑުގެ މަތީ ފަށަލައިން ސާމްޕަލްތައް ނެގުމަށް ނިއުސްޓަން ނެޓްސް އާއި ކަނޑުގެ މެދު ފަށަލައިގެން ސާމްޕަލްތައް ނެގުމަށް ޓަކާ ޓްރޯލް އަދި ކަނޑުއަޑީގެ ޓޯޕޯގްރެފިކް މެޕިން އަށް ބޭނުންކުރާ މަލްޓިބީމް ކަހަލަ އެކި ވަސީލަތްތައް ހުންނަ ކަމަށް މިހާރުގެ ރިޕޯޓަރު އިފްރާޒު (17 ސެޕްޓެމްބަރު 2022) ހާމަކުރެއެވެ.

އާރުވީ އޮޑެއްސީ އަންނަ ހަފުތާގައި ފުވައްމުލަކު ބޭރަށް އަންނަނީ. ފޮޓޯ؛ މިހާރު އޮންލައިން

މިއުޅަނދުން ސާވޭކުރާނެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވަނީ ވ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހުވަދު އަތޮޅާއި ފުވައްމުލައް އަދި އައްޑޫގެ ކަނޑުގެ ސަރަހައްދެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !