ފުވައްމުލަކުން ފުރައިދިޔަ ބޯޓެއް ދިޔަވާތީ އެމްއެންޑީއެފުން އެހީވަނީ

އެމް5 ބޯޓް ދިޔަވާތީ އެމްއެ
Share on facebook
Share on twitter
Share on google

ފުވައްމުލަކުން ފުރައިގެން މާލެ ދަތުރުކުރަމުން ދިޔަ އެމް5 ނަމަކަށްކިޔާ ބޯޓުން ދިޔަވާތީ އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިވަމުން އަންނަކަމަށް އެމްއެންޑީއެފުން ހާމަކުރައްވައެވެ.

ފުވައްމުލަކުން ފުރައިގެން 9 މީހުންނާއިއެކު ދަތުރުކުރަމުން ދިޔަ އެބޯޓް ދިޔަވާތީ އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދުނީ މިއަދު މެންދުރު ފަހު 3 ޖަހާކަށް ހާއިރު ކަމަށް ވެއެވެ. އެބޯޓް އޮތީ ގއ.ވިލިނގިއްޔާއި 1 ނޯޓިކަލް މޭލު ބޭރުގައި ކަމަށް ވެއެވެ.

ބޯޓު އޮތީ ސަލާމަތްކުރެވޭނެ ހާލަތެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

މީއީ ދަޑިމަގު ކްރީމްގެ ބަދީޢުގެ ބޯޓެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދި ބޯޓުގެ ކައްޕިތާނަކީ ދެކުނުގެ އިބްރާހިމް ހަސަން ދީދީކަމަށް މައުލޫމާތުލިބެއެވެ.

އެމް5 ބޯޓް އޮތް ހިސާބު

 

 

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments